އެތުލީޓުންގެ ވިލެޖުގައި "ހޫނުވެފައި އަޑު ގަދަވުމުން" ނިދި ގެއްލުނު ކަމުގެ ޝަކުވާ ކުރުމަށް ފަހު އޮލިމްޕިކް ޗެމްޕިއަނަކު ޕާކް ބެންޗެއް ކައިރީގައި ނިދަން ފަށައިފި އެވެ.

ސަތޭކަ މީޓަރު ބެކްސްރޯކްއިން ރަން މެޑަލް ހޯދު އިޓަލީގެ ތޯމަސް ސެކޯން ވަނީ އޭނާގެ އެކޮމޮޑޭޝަންގައި "ރޭގަނޑާއި މެންދުރު ނިދަން އުނދަގޫ" ކަމަށް ބުނެފަ އެވެ. އެހެންކަމުން އޭނާ ނިދާފައި ވަނީ ބޭރުގެ ވިނަގަނޑު މަތީ ތުވާލި އަޅައިގެންނެވެ.

އުމުރުން 23 އަހަރުގެ ޒުވާނާ މީގެ ކުރިން ވެސް އެ ވިލެޖުގެ ހާލަތާ ބެހޭ ގޮތުން ވަނީ ވާހަކަ ދައްކާފަ އެވެ.

"ވިލެޖުގައި އެއާކޮންޑިޝަނެއް ނެތް، ހޫނު ގަދަ، ކެއުން ގޯސް. ގިނަ އެތުލީޓުން މި ސަބަބަށްޓަކައި މޫވް ކުރަނީ. މިއީ ބަހަނާއެއް ނޫން، އެއީ އެންމެންނަށް މި ކަންކަން ނޭނގިދާނެ،" އޭނާ ބުންޏެވެ.

ތޯމަސް ސެކޯން ބޭރުގައި ނިދާފައި

އެހެން އެތްލީޓުން ވެސް ވަނީ ކެއުމާއި ހުރުމުގެ އިންތިޒާމް ގޯސްކަމަށް ބުނެ މައްސަލަ ޖައްސާފަ އެވެ.

ސެކޯންގެ ފެޑެރޭޝަންއިން މި ކަމާމެދު އެއްވެސް ކޮމެންޓެއް ކުރުމަށް ވަނީ ދެކޮޅު ހަދާފަ އެވެ.