އަލަށް މާލެ ސިޓީ ކައުންސިލަށް އިންތިހާބުވި ތިން މެންބަރުން ހުވާކޮށްފި އެވެ.
އަލަށް އިންތިހާބުވި ތިން ކައުންސިލަރުން ހުވާކުރުމަށްޓަކައި މިއަދު މާގިރީގައި ބޭއްވި ރަސްމިއްޔާތުގައި ތިން މެމްބަރުންނަށް ހުވާ ލައިދެއްވީ ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އެވެ.
އަލަށް ހުވާކުރެއްވި ތިން މެންބަރުންނަކީ:
- އަލީ އައިމަން – ހުޅުމާލެ ދާއިރާ
- ފާތިމަތު ޝައުފާ ސަލީމް – ހެންވޭރު ހުޅަނގު ދާއިރާ
- ފާތިމަތު އިޝާން އަލީ – މައްޗަންގޮޅި މެދު ދާއިރާ
މާލޭ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ގޮނޑިއަށް އަލަށް މެމްބަރުން އިންތިހާބު ކުރަން ބޭއްވި ބައި-އިލެކްޝަން ބާއްވާފައިވަނީ މިދިޔަ މަހުގެ 20ގަ އެވެ.
މި ތިން ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމުގައި ތިއްބެވި ކައުންސިލަރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމާ ގުޅިގެންނެވެ. އެ ތިން ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ބޭފުޅުންނެވެ.
މޮޓޯއެކްސް އިން ހިތްގައިމު ރީތި ސީއެފް މޮޓޯ 150 ތައާރަފުކޮށްފި
ހައްޖު ދުވަހުގެ ސަވާބާއި ދަރުމަ ހޯދަން ކުރެވިދާނެ 10 ކަމެއް!
ޑޮން 3: ފަރްހާން އެންމެ ފަހުން އިދާރާތަކަށް!