މަސް ފެން ގަނޑަކަށް ވެއްޓުނު އެއް އަހަރުގެ ކުއްޖަކަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ ފަރުވާދޭން ފަށައިފި އެވެ.
އެ ހާދިސާ ހިނގީ މިއަދު ހެނދުނު 11:30 ހާއިރު އެވެ.
އުނގޫފާރު ހޮސްޕިޓަލުން ބުނީ އެއް އަހަރާއި ހަތަރު މަހުގެ އަންހެން ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓުމާ ގުޅިގެން އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ކުއްޖާ ހޮސްޕިޓަލްގެ އިމަޖެންސީގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށާއި ޓެސްޓްތައް ހެދުމަށް މިހާރު އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ހޭނާރާ ކަމަށާއި ނަމަވެސް މިހާރު މިހާރު ކުއްޖާ ހޭއަރާފައިވާ ކަމަށް ވެސް އުނގޫފާރު ހޮސްޕިޓަލުން ބުންޏެވެ.
ދޭތެރެ ދޭތެރެއިން ކުޑަކުދިން މަސް ފެންގަނޑަށް ވެއްޓިގެން ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ.

ސިއްހީ އެހީއަށް އެދޭ ސްކޭމް ޕޯސްޓުތަކަށް ސަމާލުވާން އެދިއްޖެ
2030ގައި ދެ ރަމަޟާން މަސް ބައްދަލު ކުރާނެ!
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާ ފަސް ލައްކަ ގެއްލުނު!