ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ބޮލީވުޑް ޖޯޑު ކަމަށްވާ އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީގެ ކައިވެނީގައި މައްސަލަޖެހި ވަރިއަކަށް މިސްރާބު ޖަހާފައިވާ ކަމަށް މީޑިއާގައި އަޑު ފެތުރޭތާ މަސްތަކެއްވެއްޖެ އެވެ.

މިހާތަނަށް މިކަމާ ބެހޭ ގޮތުން މީޑިއާއަށް އެއްވެސް ބަހެއް ދީފައިނުވާ އަބީޝޭކް އެންމެ ފަހުން މިވަނީ އެ އަޑުތަކަށް ރައްދު ދީފަ އެވެ.

ނިމިދިޔަ އޮލިމްޕިކްސް ބަލަން ޕެރިސްއަށް ދިޔަ އަބީޝޭކް އެ އަޑުތަކަށް ރައްދު ދީފައިވަނީ ޕެރިސްގެ މީޑިއާއަށް ދިން އިންޓަވިއުއެއްގަ އެވެ.

އަބީޝޭކް ވަނީ މީޑިއާގައި ފެތުރެމުން އަންނަ އަޑުތަކަކީ އެއްވެސް ހަގީގަތެއް ނެތް އަޑުތަކެއް ކަމަށާއި އޭނާއަކީ އަދިވެސް ފިރިއެއް ކަމަށް ބުނެ އޭނާގެ އަތުގައި އޮތް ކައިވެނީގެ އަނގޮޓި ދައްކާލާފަ އެވެ. މީގެ އިތުރުން އަބީޝޭކް ބުނީ މިކަމުގައި މީޑިއާތަކުން ކަންތައް ކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށާއި ކަންތައްތައް ބޮޑު ކޮށްލައިގެން ކަމަށެވެ.

އަބީޝޭކްގެ މި އިންޓަވިއުގެ ކުރިން އޭނާ އާއި އައިޝްވާރްޔާ ވަރިވެފައިވާކަން ޚުދު އަބީޝޭކް ޔަގީން ކޮށްދޭ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފަ އެވެ. އެހެން ނަމަވެސް އެއީ އޭއައި ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ވީޑިއޯއެކެވެ.

2007 ވަނަ އަހަރު ކައިވެނިކުރި އަބީޝޭކްއާއި އައިޝްވާރްޔާއަށް އަލަތު ދަރިފުޅު އާރަދްޔާ ބައްޗަން ލިބިފައިވަނީ 2013 ވަނަ އަހަރު އެވެ.