ރަޝިއާގެ ކާސްކް ސަރަހައްދަށް ޔޫކްރެއިން ސިފައިން ހަތިޔާރާއެކު ވަދެގަނެފައިވާއިރު އެސަރަހައްދަށް ދަތުރުކުރާ ދިވެހިންގެ އަމިއްލަ ރައްކާތެރިކަމަށް ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާއިމައިގައި ދިވެހި ދަރިވަރުން ތިބި ސަރަހައްދެއްކަމަށްވާ ކާސްކް މިވަގުތު އޮތީ ނުރައްކާތެރި ހާލަތެއްގައިކަމަށެވެ. އެހެންކަމުން ފޮރިން މިނިސްޓްރީ އާއި ރަޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީން ދަނީ ކާސްކް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ގާތުން ބަލަމުން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މިދަނޑިވަޅުގައި ކާސްކްގައި ދިރިއުޅޭ ދިވެހީންނާއި އަދި އެކި ބޭނުންތަކުގައި އެސަރަހައްދަށް ދަތުރުކުރާ ދިވެހީން ވެސް އަމިއްލަ ސަލާމަތަށް އިސްކަންދިނުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކާސްކް ސަރަހައްދަށް ކުރިމަތިވެފައިވާ ނުރައްކަލުގެ މިދަނޑިވަޅުގައި އެސަރަހައްދުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ އެކަން ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއަށް އެންގުމަށް ވަނީ އެދިފަ އެވެ.

މިހާރު ކުރިއަށްދާ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ކާސްކް ސަރަހައްދަށް ވެސް ހަމަލާ ދެމުންދާއިރު އެއީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މެޑިސިންއާ ގުޅޭ ދާއިރާތަކުން ކިޔެވުމަށް ގޮސްއުޅޭ ސަރަހައްދެކެވެ.