އާބަން ޑިވެލޮޕްމަންޓްގެ ނަމުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ލާމަރުކަޒީ ނިޒާމް މަރާލާނެ ބިލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިރޭ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެ ބިލް ފާސްވެ ގާނޫނަކަށް ވެއްޖެނަމަ ފާއިތުވި ފަސް އަހަރު ކައުންސިލްތަކަށް ދީފައިވާ ބާރުތައް ނިގުޅައިގަނެވޭނެ ކަމަށެވެ.
"އާބަން ޑިވެލޮޕްމަންޓް ޕްލޭންގެ ބިލުގައި ހިމަނާފައިވާ އެންމެ މާއްދާއަކުން، އަޅުގަނޑުމެން ކައުންްސިލަރުންނަށް ވޭތުވެދިޔަ ފަސް އަހަރު ދީފައިވާ ހަގީގީ ބާރުވެރިކަމާއި މިިނިވަންކަން، އެއީ މާލީ ބާރުވެރިކަމާއި އިގުތިސޯދީ ކަންކަން ކަނޑައަޅަން ނިންމުމުގެ ބާރު އެއްކޮށް ނަގާނެ ބިލެއް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ މުޅި ޑިމޮކްރެޓިކް ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށެވެ.
ސަރުކާރުގެ ފަރާތުން ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި އެ ބިލަށް އާންމު ރައްޔިތުންގެ ހިޔާލު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އާބަން ޑިވެލޮޕްމަންޓްގެ ބިލްގައިވާގޮތުން އެ ބިލް ހުށަހެޅުމުގެ މަގްސަދަކީ ރާއްޖޭގެ ބިނާވެށި ޕްލޭންކޮށް ހިންގުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރުމަށްޓަކައި، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ބިމުގެ ބޭނުން ހިފޭނެ މޭރުމުން ބިނާވެށި ޕްލޭންކޮށް ހިންގުމާއި އެ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިން ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި ތަރައްގީގެ މަސައްކަތްތައް މޮނިޓަކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާން ކުރުމެވެ.
އިތުރު ވަސީލަތްތަކާއެކު ރަސްފަންނު ތަރައްގީކުރަން ފާސްކޮށްފި
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
