ގއ. ކޫއްޑޫގައި މަސައްކަތް ކުރާ މިފްކޯގެ މުވައްޒަފަކަށް ބުލީ ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް މިފްކޯ އިން އިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި ހާއްސަ އެހީއަށް ބޭނުންވާ މިފްކޯގެ މުވައްޒަފަކަށް ވަޒީފާގެ މާހައުލުގަައި ލިބެމުން އަންނަ ބުލީގެ ވާހަކަ އަންނަނީ ދައުރުވަމުންނެވެ.

މި ޕޯސްޓުގައި ވަނީ އޭނާއަށް ކުރިމަތިވާ ބައެއް ހާދިސާތައް ހިއްސާކޮށްފަ އެވެ. އެގޮތުން މަސައްކަތަށް ދާ ފެރީއަށް އެރުމުގައި އަދި ދިޔުމުގައި ދިމާވާ ކަންކަމާއި ވަނަން ކިޔުމާއި އަދި ވަޒީފާއަށް އައިސް ޕަންޗް- އިން ކުރާއިރު ދިމާވާ ކަންކަމާއި ބްރޭކް ގަޑީގައި ކާން އުޅޭއިރު ދިމާވާ އެކި ކަންކަމުގެ ވާހަކަ އެ ފަރާތުން ވަނީ ހިއްސާކޮށްފަ އެވެ.

އެ ފަރާތުން ވަނީ އަނގަބަހުން ކުރާ ދުއްތުރާގެ އިތުރުން ޖިސްމާނީ ގޮތުން ވެސް ދުއްތުރާ ކުރާ ކަމަށް ބުނެފަ އެވެ.

މި ވީޑިއޯ ދައުރުވާން ފެށުމުން މިފްކޯއިން ވަނީ މި މައްސަލައާ ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ. އަދި މި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި މި މައްސަލަ ފުރިހަމައަށް ބެލުމަށްފަހު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އެ ކުންފުނިން އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވަނީ ބުނެފަ އެވެ.