އެމީހަކު ސަޕޯޓުކުރާ އަދި ލޯބިވާ ޝަހްސިއްޔަތަކާ ބައްދަލުވުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހުވަފެނެކެވެ. އެހެން ނަމަވެސް އެ ހުވަފެން ހާސިލްކުރަން މަސައްކަތް ކުރަނީ މަދު ބައެކެވެ.
ޗައިނާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ގޮންގްގެ ވެސް އެންމެ ބޮޑު ހުވަފެނަކީ އޭނާ އެންމެ ސަޕޯޓުކުރާ ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާ ބައްދަލު ކޮށްލުމެވެ.
އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ އުއްމީދުގައި އަމިއްލަ ބައިސްކަލުގައި ގޮންގް އޭނާގެ އުފަން ގައުމުން ދަތުރު ފެށީ މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. މަންޒިލަކަށްވީ ރޮނާލްޑޯ މިވަގުތު ދިރިއުޅެމުން އަންނަ ސައޫދީ އަރަބިއާގެ ވެރިރަށް ރިއާދް އެވެ.
ގިނަ ގައުމުތަކެއް ހުރަސްކޮށް ބައިސްކަލުގައި 13000 ކިލޯމީޓަރު ދަތުރު ކުރުމަށްފަހު ގޮންގްއަށް ރިޔާދްއަށް ދެވުނީ މި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
އެ ދަތުރުގެ ތެރެއިން އޭނާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އޭގެ ތެރޭގައި އެކި ގައުމުތަކުގެ ބަސް ނޭނގުމާއި މާލީ ގޮންޖެހުންތަކުގެ އިތުރުން ވެސް ޖިސްމާނީ ގޮންޖެހުންތައް ހިމެނޭކަމަށް ޗައިނާގެ ނޫސްތަކުން ބުނެފައިވެ އެވެ.
ވަރަށް ހަގު އުމުރެއްގައި ގޮންގް ކުރި އާދަޔާ ހިލާފު މަސައްކަތުގެ ހަބަރު ރޮނާލްޑޯގެ ޓީމް ކަމަށްވާ އަލް ނަސްރުއަށް އެނގުމާއެކު އެ ދެމީހުން ބައްދަލުވާނެ ގޮތް އެ ކުލަބުން ހަމަޖައްސައިދިނެވެ.
އެ ބައްދަލުވުމުގެ ތެރެއިން ރޮނާލްޑޯ ގޮންގްގެ ޓީޝާޓުގައި ސޮއިކުރުއިރު އެ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އެ ބައްދަލުވުމުގެ އިތުރުން ރޮނާލްޑޯ ފުޓުބޯޅަ ކުޅޭ މަންޒަރު ވަގުތުން ބަލާލުމުގެ ފުރުސަތު ވެސް ގޮންގްއަށް ލިބުނެވެ. ސައުދީގެ ލީގުގައި އަލް ނަސްރުއާއި އަލް ޝަބާބް ބައްދަލުކުރި މެޗަށް އޭނާ ގޮސްފައިވެ އެވެ.
ގޮންގް ބުނީ އެ ތަޖުރިބާގެ ސަބަބުން އޭނާގެ ވިސްނުން ރަނގަޅުވެފައިވާ ކަމަށާއި ހިތްތިރި ކަމާއި ކެތްތެރިކަން ދަސްވެ އާ ރަހުމަތްތެރިން ވެސް ލިބިފައިވާ ކަމަށެވެ.
ރޮނާލްޑޯ ނުވަތަ ޗައިނާގައި އާއްމު ނަމުންނަމަ "ސީ ލުއޯ"އަކީ އެގައުމުގެ ޒުވާނުންގެ މެދުގައި މަގުބޫލު ގިނަ ބަޔަކު އިހުތިރާމްކުރާ ތަރި އެކެވެ.
އިންސާނަކު އަނެއް އިންސާނަކަށް ޓަކައި މޮޔަވާނީ މިހާކަށްހާ ވަރަށެވެ.
އިންސާނަކު އަނެއް އިންސާނަކަށް ޓަކައި މޮޔަވާނީ މިހާކަށްހާ ވަރަށެވެ.