ބޭންކިން ހިދުމަތްތައް ރަސްމީ ހުރިހާ ދުވަހެއްގައި އާއްމުންނަށް ލިބޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ މީގެ ކުރިން އެޕޮއިންޓްމަންޓް އުސޫލުން ހަފްތާގެ އަންގާރަ އަދި ބުރާސްފަތި ދުވަހުގައި އެމްއެމްއޭ އިން އާންމުންނަށް ދެމުންގޮސްފައިވާ ބޭންކިން ޚިދުމަތްތައް މިއަދުން ފެށިގެން އެ އޮތޯރިޓީ ހުޅުވާފައި ހުންނަ ކޮންމެ ދުވަހަކު ވެސް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ބޭންކިން ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކިއު ތަރުތީބުން ކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭއިން ވަނީ ވަކިވަކި ޚިދުމަތްތައް ލިބިގެންދާނެ ގަޑިތައްވެސް އިއުލާންކޮށްފަ އެވެ.

  • ކުދި ރުފިޔާ ދޫކުރުމާއި ވަކި ލާރި ދޫކޮށް އަދި ބަލައިގަތުން: ހެނދުނު 8:30 އިން މެންދުރު 11:00 އަށް.
  • ހަލާކުވެފައިވާ ނޫޓަށް ބަދަލު ދިނުން: ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް.
  • އެހެނިހެން ހިދުމަތްތައް: ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް.

އެމްއެމްއޭއިން މި ބަދަލުތައް ގެނެސްފައިވަނީ އާންމު ރައްޔިތުންނަށް ވީހާ ވެސް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތް ދިނުމަށް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.