ކޯޓުން ބަލަމުން އަންނަ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައިހުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޑިޑީ ޖަލުގެ ގަވާއިދުތައް ވެސް މުގުރާލާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެގޮތުން ޑިޑީއާއެކު ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ބައެއް ގައިދީންނަށް ރިޝްވަތު ދީގެން އެމީހުންގެ ފޯނުން ގަވާއިދާ ހިލާފު ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެވެ އެވެ.
މީގެ އިތުރުން އޭނާގެ ދަރިންގެ ވީޑިއޯތައް ވެސް ނާޖާއިޒު ގޮތުގައި ބޭނުންކޮށް އާއްމުންނާއި މައްސަލަ ބަލާ ފަނޑިޔާރުންގެ ހިޔާލު ބަދަލުކުރަން ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށާފައިވާ ކަމަށްވެސް ޕްރޮސިކިއުޓަރުން ބުނެ އެވެ.
މިއާއެކު ޑިޑީގެ މައްޗަށް މިހާރު އުފުލިފައިވާ ދައުވާތަކުގެ އިތުރުން ވެސް ޖަލުގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ދައުވާއެއް ވެސް ކުރިމަތިވީ އެވެ.
ޑިޑީގެ މައްޗަށް މީގެ ކުރިން އުފުލިފައިވަނީ އޮރިޔާން ކާޑު ގެންގުޅުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ އިތުރުން ވެސް އެހެނިހެން ޖިންސީ ކުށްތަކެއްގެ ދައުވާ އެވެ.
މިފަހުން ކަފާލާތުގެ ދަށުން މިނިވަން ވުމަށް 100 މިލިއަން ޑޮލަރު ޑިޑީ ހުށައެޅި ނަމަވެސް ކޯޓުން ވަނީ އޭނާގެ ހުށައެޅުން ބޭރުކޮށްލާފަ އެވެ.