މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހާމަނުކުރި މައްސަލައެއްގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތާވަލުކުރި އަޑުއެހުމަކަށް ހާޒިރުވެފައި ނުވާތީ ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.
ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ 350 ރުފިޔާ އިންނެވެ. މިއީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޮމިޝަންގެ ނިންމުމަކަށް އަމަލު ނުކޮށްގެން ރައީސް އޮފީހުގެ މައްސަލައެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައިވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފައިވަނީ އެ މިނިސްޓްރީއަށް މައުލޫމާތެއް ހޯދުމަށް ހުށަހަޅައިގެން ނުލިބުމުން، އެކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބިފައިވާތީ އެ މައްސަލައިގައި މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އަޑުއެހުމަށް ހައުސިން މިނިސްޓްރީން ހާޒިރުވެފައިނުވާ ކަމަށެވެ.
އައިކޮމްއިން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުބުމަށް މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތް ނަމަ ބައްދަލުވުން ފެށުމުގެ މަދުވެގެން އެއް ގަޑިއިރުކުރިން ކުރިން އަންގަންޖެހޭނެކަމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ގަވާއިދުގައި ބުނެފައިވެ އެވެ.
 މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
			މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
		 14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
			14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					 
					
އެތަކެއްހާސް ރައްޔިތުންނެއްގެ ހައްގުގެއްލުވާލަން މަސައްކަތްކުރަމުންދާ ވަޒީރުބޭފުޅަކު 350 ރުފިޔާއިން ޖޫރިމާނާޖުރުން. މިވަރުގެ އަދަދުތަކުގެ ޖޫރިމާނާ ކުރެވެންޏާ އެއްވެސް ބައްދަލުވުމަކައް ނުދާނެ. އަޅުގަޑު ޤަބޫލުކުރަނީ އެބޭފުޅާގެ އެހާގާބިލުކަންނެތީމައޭ އެއްއަހަރު ދުވަސްވިއިރުވެސް ފުލެޓުގެ ކަންތައް ނިންމާނުލެވުނީ. މިސަރުކާރައްވެސް ހުތުރުކަމެއް ނާޤާބިލުބޭފުޅުން ވަޒީރުކަމުގަ ތިބުން ވީމާ ފަހުބަހަކަށް ބުނެލަން އޮތީ ރައްޔިތުންގެ ފާއިދާއައްޓަކާވެސް ތިބޭފުޅާ އިސްތިއުފާ ދެއްވާށޭ.
ނޫން. އަޒީ ޖަމާލުގެ ދުވަސްވަރު ވެސް އައިކޮމްއިން ޖޫރިމަނާ ކުރި.
ރައްޔިތުންނަށް ކިޔަމަން ނުވުން ވެސް ޖޫރިމަނާ ކުރަނީ ރައްޔިތުން!