މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އާ މެންބަރުން މިއަދު އިންތިހާބުކޮށްފި އެވެ.

މިހާރު އޮތް އެމްއެމްސީގެ ދައުރު އަންނަ ހޮނިހިރު ދުވަހަށް ހަމަވާއިރު، ކައުންސިލަށް މެންބަރުން އިންތިހާބު ކުރުމަށް މީޑިއާތަކުގެ މެދުގައި އިންތިހާބު ބޭއްވީ މިއަދު އެވެ.

މީޑިއާތަކުގެ މެދުގައި މިއަދު ބޭއްވި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައީ ސޯޝަލް ސެންޓަރުގަ އެވެ.

މީޑީއާތަކާއި އާންމު ފަރާތްތަކުން ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރި އެ އިންތިހާބުގައި 139 މީޑީއާއަކުން ވޯޓުލާފައިވެ އެވެ. އެގޮތުން އެންމެ ގިނަ ވޯޓް ލިބިގެން މީޑިއާތަކުން އިންތިހާބުކުރި ހަތް މެންބަރުންނަކީ:

1. ފާތިމަތު ޝަނާ މުހައްމަދު - މިހާރު: 118 ވޯޓް

2. ނަޖާހު މަސްއޫދު - ވަގުތު: 117 ވޯޓް

3. ހަސަން ޝާކިރު - އާފަތިސް: 93 ވޯޓް

4. ހަފްސީ އަބްދުﷲ - ހަފްސީ.ކޮމް: 75 ވޯޓް

5. ހުސައިން ޝަގީފް - ތިލަދުން: 74

6. ހުސެއިން ހަސަން - 27 އޮންލައިން: 74

7. ފާތިމަތު ނަހުދާ ފާއިޒް - ދިޔަރެސް: 71

މީގެ އިތުރުން އާންމުންގެ ފަރާތުން ކުރިމަތިލީ ފަރާތްތަކުން އިންތިހާބު ކުރި ތިން މެންބަރުންނަކީ ޤާނޫނީ ވަކީލް އިބްރާހިމް ފައުޒީ ( 80 ވޯޓް) އާއި އެމްއެމްސީގެ ކުރީގެ ލީގަލް ހެޑް ފާތިމަތު ފަހުމީ ( 76 ވޯޓް) އާއި ކުރީގެ ނޫސްވެރިއާ އިބްރާހިމް މުހައްމަދު ( 49 ވޯޓް ) އެވެ.

މީޑިއާ ކައުންސިލްގެ ދައުރެއްގެ މުއްދަތަކީ ދެ އަހަރެވެ.