އާޖެންޓީނާގެ ރައީސް ހާވިއާ މިލެއިއަށް އިޓަލީވިލާތުގެ ސަރުކާރުން ރަށްވެހިކަން ދީފި އެވެ.

އާޖެންޓީނާގެ ރައީސް ހާވިއާ މިލެއިން އިޓަލީގެ ރައްވެހިކަން ދީފައި މިވަނީ އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީއާ ބައްދަލުކުރުމަށް މިހާރު އިޓަލީގެ ރޯމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިލޭ އިޓަލީގެ ރޯމަށް ވަޑައިގެންނެވީ އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީއާ ބައްދަލުކުރުމަށާއި ހޮނިހިރު ދުވަހު އޭނާގެ ބްރަދާސް އޮފް އިޓަލީ ޕާޓީގެ އަހަރީ ފެސްޓިވަލްގައި ބައިވެރިވުމަށެވެ.

ރިޕޯޓުތައް ބުނާގޮތުން އިޓަލީގެ ރަށްވެެހިކަން ހާވިއާއަށް ދިނީ ރައީސް މިލެއިގެ އާއިލާއާ އިޓަލީވިލާތާ އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް ކަމަށާއި އަދި އެގޮތުން ހާވިއާއަށް އިތަލީގެ ރަށްވެހިކަން ދިނުމަށް އިޓަލީވިލާތުގެ ސަރުކާރުން ނިންމީކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ރައީސް ހާވިއާ މިލެއި ދެފަރާތުގެ މާމައިންނާއި ކާފައިންގެ ތެރެއިން ތިން ބޭފުޅުންނަކީ އިޓަލީވިލާތަށް ކޮންމެވެސް ހިސާބަކުން ނިސްބަތްވާ ތިން ބޭފުޅުންކަމަށް ރިޕޮޓުތައް ބުނެއެވެ. އަދި މީގެ ކުރިން މިލެއި ވަނީ ކާބަފައިންނާއި އިޓަލީވިލާތާ އޮތް ގުޅުމުގެ ސަބަބުން އޭނާއަކީ އިޓަލީވިލާތުގެ 75 އިންސައްތަ ރައްޔިތެއް ކަމުގެ އިހްސާސު ކުރެވޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް މިލެއިއަށް އިޓަލީވިލާތުގެ ރަށްވެހިކަން ދިން ކަމުގެ ޚަބަރުތައް ފެތުރޭތީ އެ ގައުމުގެ ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒު ވެފައެވެ. އިޓަލީވިލާތާ އެއްވެސް ހިސާބަކުން ލޭގެ ގުޅުމެއް އޮންނަ ކޮންމެ މީހަކަށް ފަސޭހަކަމާއެކު އެ ގައުމުގެ ރަށްވެހިކަން ލިބޭ އިރު އެ ޤައުމުގައި ދިރިއުޅޭ ހިޖުރަވެރިންގެ ދަރިން އެ ޤައުމަށް އުފަންވި ނަމަވެސް އެ ކުދިންނަށް ރަށްވެރިކަން ހޯދަން ވަރަށް އުނދަގޫ ކަމަށް އެ މީހުން ފާހަގަ ކުރެ އެވެ.

އެހެން ނަމަވެސް އެ އުސޫލު ބަދަލުކުރުމަށް އާންމު ވޯޓަކަށް ދިޔުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ނުދެއެވެ. އެއީ އިޓަލީގެ ޒުވާނުންގެ ބޮޑު އާބާދީއަކަށް ކުރެވޭ ތަފާތުކުރުމެއް ކަމަށް ބައެއް މީހުން ދެކޭތީކަމަށް ވެ އެވެ.

މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ މަސްދަރަކުން ބުނީ އާޖެންޓީނާގެ ލީޑަރަށް އިޓަލީގެ ރައްޔިތެއްކަން ސަރުކާރުން ދީފައިވާ ކަމަށާއި އެކަމުގެ އިތުރު ތަފްސީލު ދޭން ދެކޮޅު ހަދާ ކަމަށެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރި މި ހަބަރުގެ ސަބަބުން ބައެއް ސިޔާސީ ބޭފުޅުންނާއި ސޯސަލް މީޑިއާގައި އިޓަލީގައި އުފަންވާ ކުދިންނަށް ހިޖުރަވެރި މައިންބަފައިންނަށް ރައްޔިތުކަން ލިބުން ދަތި އިރު މިލޭއަށް ދޭ ރައްޔިތެއްގެ ގޮތުގައި މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ރުޅިވެރިކަން ވަނީ އުފެދިފަ އެވެ.

އިޓަލީގެ ރައްޔިތުކަމުގެ ގާނޫނުތައް ބިނާވެފައިވަނީ ލޭގެ ގުޅުމުގެ މައްޗަށްކަމަށް ވާއިރު، އިޓަލީގެ ރައްޔިތެއްގެ ދުރު ދަރިފަސްކޮޅަށް ވެސް އިޓަލީގެ ޕާސްޕޯޓެއް ހޯދައިދެވޭނެ އެވެ.