ދައުލަތުގެ އައިޓީ އިންފްރާސްޓްރަކްޗާ ގާއިމްކޮށް، މައުލޫމާތު ރައްކާކޮށް ބަލަހައްޓާ އިދާރާ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ރަސްމީ އެކްސް އެކައުންޓު ހެކްކޮށްފި އެވެ.
އެންސީއައިޓީގެ އެކައުންޓު ހެކުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
އެ އެކައުންޓް ހެކްކޮށް މިހާރު ވަނީ އެކައުންޓްގެ ފޮޓޯއާއި ނަން ބަދަލުކޮށްފަ އެވެ. އެކައުންޓުން މިހާރު ދަނީ ބިޓްކޮއިން ޓްރޭޑިން އާ ގުޅޭ ޕޯސްޓުތަކެއް ކުރަމުންނެވެ.
މިކަމާއި ގުޅިގެން އެންސީއަޓީން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވެ އެވެ.
ހޯމް ލޭންޑް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެންސީއަޓީގެ އެކައުންޓް ހެކު ކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސައިބާ ސެކިއުރިޓީއާއި ބެހޭގޮތުން އާއްމުން ހޭލުންތެރިކޮށް ދައުލަތުގެ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ އިދާރާގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅިފައިނެތުމުން ވަނީ މީހުންގެ ފާޑުކިޔުން އަމާޒުވެފަ އެވެ.
މެޗުތަކުގައި 6 މިނެޓުގެ ފެން ބްރޭކެއް ދޭން ނިންމުމުން ފާޑުކިޔުން
ދަރަނީގެ މައްސަލައެއްގައި ރާޖްޕާލް ޖަލަށް!
އެމްޑީޕީ ކެމްޕޭން ލޯންޗު ކުރުން މި މަހުގެ 12 ގައި