ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީއަށް މެންބާޝިޕް ފޯމް ފުރިކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށް މިނިސްޓަރު އަލީ އިހުސާން ޕިއްޒާ ފަރިއްކުޅުވަން ހުންނެވި ކޮޓަރިއަށް މިއަދު ނޫސްވެރިންނަށް ދައުވަތުދީ ޕިއްޒާ ދީފި އެވެ.
ޑީއެންއާރުގައި ރައްކާކޮށްފައިވާ ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީން ވަގު ފޯމް ފުރައިގެން ޕާޓީއަށް މީހުން ވެއްދިކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް ޑީއެންއާރް ތެރޭގައި އެ މަސައްކަތް ކުރިއަށް ދިޔަ ވަގުތު މިނިސްޓަރު އިހުސާންވެސް އެތަނުގައި ހުންނެވި ފޮޓޯތަކެއް ވަނީ އާއްމުވެފަ އެވެ. މިއާއެކު އިހުސާން ވިދާޅުވީ އެތަނަށް ވަޑައިގެންނެވީ އެ މަސައްކަތުގައި އުޅުއްވި ބޭފުޅުން ޕިއްޒާ ފަރިއްކުޅުވަން ދެއްވި ދައުވަތަކަށް ކަމަށެވެ.
މިއަދު ޑީއެންއާރުން ކުރާ މަސައްކަތް ދައްކާލުމުގެ ނަމުގައި ނޫސްވެރިންނަށް ވަނީ ދައުވަތުދީފަ އެވެ. އެތަނަށް ނޫސްވެރިން ދިއުމުން ވެއްދީ ފޮޓޯތަކުން ފެންނަ ފޯމް ފުރަންތިބި ކޮޓަރިއަށެވެ. އެތަނުގައި ނޫސްވެރިންނަށް ހާއްސަކޮށް ޕިއްޒާ ބަހައްޓާފައި ހުއްޓެވެ.
ޑީއެންއާރުގެ ޑޭޓާ ބޭސް ގައި ހުރި ފޮޓޯއާއި މީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން، ހޯމްލޭންޑް މިނިސްޓްރީގެ ސިޔާސީ އިސްފަރާތްތަކުން ފޯމުގައި ސޮއި ފޯޖްކޮށް އިނގިލީގެ ނިޝާން ޖަހާ ޕާޓީ ބަދަލުކުރަން މަސައްކަތް ކޮށްފައިވާކަން ތުހުމަތުތަކާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޑީއެންއާރަށް ޖަވާބު ދެވިފައިނުވެ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވީ ސްޓޭޓް މިނިސްޓަރު މަޖީދު އާއި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ އިތުރުން ޓެކްނިކަލް މުވައްޒަފެކެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ނޫސްވެރިން ތިބި ކޮޓަރިއަކީ ޑީއެންއާރުގެ ތެރޭގައި އިހުސާން އިންނަވަނިކޮށް ނަގާފައިވާ ފޮޓޯކަމަށް ބުނާ ފޮޓޯނަގާފައިވާ ކޮޓަރިއެވެ. ނޫސްވެރިން ވަނީ އެތަނުގައި އިހުސާން ހުންނެވި ސަބަބާއި ކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލްތަކާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. އެ ސުވާލުތަކަށް ޖަވާބު ނުދެވި ނޫސްވެރިންގެ ބްރީފިން ދެއްވަން ތިއްބެވި ބޭފުޅުން ވަނީ އެތަން ދޫކުރައްވާ ވަޑައިގެންފަ އެވެ. ނޫސްވެރިންނާއި ކުރިމަތިލެއްވީ ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރެވެ.
އިތުރަށް ގޯސް ނޫންތޯ ތިވީ. ލަދުން ވެސް ބޯހަލާކު ކަންކަމާ އެކަށީގެން ނުވާ މީހުން މަތިވީމާ ދެން ވަނީ މިކަހަލަ ގޮތެއް.
ރިޕްލައި