ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
300 މީހުން ދިރިއުޅޭ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވަނީ ހިރިމަރަދޫ ރައްޔިތުންގެ އެދިވަޑައިގަތުމުގެ މަތިން ކަމަށް ހީނާ ވިދާޅުވި އެވެ.
މީގެ ކުރިން ހިރިމަރަދޫ ރައްޔިތުން ތުލުސްދުއަށް ބަދަލުކޮށްދިނުމަށް އެދިފައިވެ އެވެ. އެކަމާއި ގުޅިގެން އެ ރަށު ކައުންސިލުން ވަނީ ލޯކަލް ގަވަނަންސް މިނިސްޓްރީއާ މަޝްވަރާކޮށްފައިވެ އެވެ.
ހިރިމަރަދޫ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ އާބާދީއަކީ 584 މީހުންނެވެ.
ޖަޕާނުން 4-0 އިން ޓިއުނީޝިއާ ބަލިކޮށްފި
މިނިސްޓްރީއާ ދެމެދު އޮތް މައްސަލަ ހައްލުކުރަން އެލްޖީއޭއަށް
ދުނިޔޭގެ ސިނަމާތަކަށް ބިރުވެރި ފިލްމުތަކުގެ "ރަން ޒަމާނެއް"!