ސުޕްރީމު ކޯޓުގެ ތިން ފަނޑިޔާރަކު ވަކި ކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ތިން ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ފަހު، ހުސްވާ މަގާމުތަކަށް އައްޔަން ކުރަން ނިންމާފައިވަނީ މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފާއި ސިޔާސީ މަގާމްތައް ފުރުއްވަމުން ގެންދަވާ ދެ ބޭފުޅަކު ކަމަށެވެ.

ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލުކުރަން ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލައިގެ އަޑުއެހުން މި މަހު 17 ވަނީ ތާވަލްކޮށްފަ އެވެ.

އެމްޑީޕީން ބުނީ ސަރުކާރުން އުޅެނީ އެ މައްސަލައަށް ނުފޫޒުފޯރުވަން ކަމަށެވެ.

"ޖުޑިޝަރީއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުމަށްޓަކައި ރާއްޖޭގެ ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅު، އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކި ކުރުމަކީ އަދުލުވެރި އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ފަހަތަށް އެޅޭނެ ފިޔަވަޅެކެވެ."އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވަނީ އެކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފަ އެވެ.