ކޮންމެހެން ބޭނުންވާ މުހިންމު ބައެއް ބޭސްތައް ފަހަކަށް އައިސް ރާއްޖެއިން ގަންނަން ނުލިބޭތީ އެ މައްސަލަ ހައްލުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އާސަންދައިގައި އެދިއްޖެ އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާއަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ ޑޮކްޓަރުން ލިޔެދޭ ބޭސް އަމިއްލަ ފާމަސީތަކުން އާސަންދައިގެ ދަށުން ނުލިބޭ ކަމަށެވެ.
ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށް ވެސް ރާއްޖޭން ނުލިބޭ ކަމަށާއި މިއީ ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންގެ ކަންބޮޑުވުމެއް ކަމަށް ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ޑޮކްޓަރުން ލިޔެދޭ ބޭހުގެ ޑޯޒޭޖު ހަމައަށް ނުލިބޭ މައްސަލަވެސް އާންމުވެފައިވާ ކަމަށް ސިޓީގައި ކުޑޫ ވިދާޅުވި އެވެ.
ހަކުރު ބައްޔާއި ކެންސަރު ފަދަ ބަލިތަކަށް ދާއިމީކޮށް ބޭނުންކުރަންޖެހޭ ބޭސްތަކަކީ އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސް ކަމަށް ކުޑޫ ވަނީ ވިދާޅުވެފަ އެވެ.
ކުޑޫގެ ސިޓީގައި ވަނީ ބޭސް ލިބުމުގައި ލޮޅުންތަކެއް އަރައިގެން އުޅެނީ ކީއްވެތޯ އަދި އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިފަ އެވެ.
ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރަކަށް އީޒްއެޕް
ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއް 75 ޑޮލަރަށްވުރެ ތިރިވެއްޖެ
އަލްކާގެ ސިއްހަތާމެދު ގިނަ ބަޔަކު ކަންބޮޑު ވެއްޖެ