ބޮލީވުޑްގެ ތަރި ސަންޖޭ ދަތުއަކީ ދިރިއުޅުމުގެ އަޑިގުޑަންތަކުން އަރައިގަނެ، މިހާރު އެ ހުރި ހިސާބަށް އައިސްފައި ހުރި ތަރިއެކެވެ.
އެ ހުރިހާ ކަމަކާއެކު ވެސް ސަންޖޭ ދަނީ ދިރިއުޅުމުގައި ފަހަތަށް ނުޖެހި މަސައްކަތް ކުރަމުންނެވެ.
ސަންޖޭގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހެދި ފިލްމު "ސަންޖޫ" ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާފަ އެވެ.
މިދިޔަ އަހަރު ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ފަހު މިހާރު ސަންޖޭ ދަނީ ބޮލީވުޑްގެ ބޮޑު ޕްރޮޖެކްޓްތަކަށް ތައްޔާރުވަމުންނެވެ.
ސަންޖޭ ވަނީ ދާދި ފަހުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ޖަހާފަ އެވެ.
އޭނާ ވަނީ ވެކްސިން ޖަހަނިކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް އެކަން ކޮށްދެއްވި ޑޮކްޓަރުންނާ ނަރުހުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ބޭސް ކެޔަސް ވައިގެ މައްސަލަތައް ހައްލު ނުވަނީ ކީއްވެ؟
ކުރީގެ ހަ ރައީސުންގެ ވީއައިޕީ ވެއިޓަރު ހަލީމް ނިޔާވެއްޖެ
ޖަސްޓިންއާއި ބްލޭކްގެ ކޯޅުމަށް ނިމުމެއް ނެތް، އަލުން ކޯޓަށް!
