ދަ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީ އާއި އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު ހޯމަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދިވެހި ކަނޑުގައި ޗައިނާއިން ހަރުކުރަނީ ޑިވައިސްތަކެއް ކަމާއި އޭގެ ބަދަލުގައި ރަސްމީކޮށް ދިވެހި ސަރުކާރަށް މި ކޮށްދޭ ކަމަކީ ހަމައެކަނި ތަމްރީނުތަކެއް ކުރިއަށް ގެންދިއުންކަމަށް ރިޕޯޓުކޮށްފައިވޭ.

ދިވެހި ކަނޑުގެ ސިއްރުތަައް ބަލައި ދިރާސާކޮށް ކަނޑުގައި ޖާސޫސްކުރުމުގެ ފުރުސަތު ޗައިނާއަށް މި ސަރުކާރުން ފަހިކޮށްދީފި އެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމާއި މައުލޫމާތު ނަގައި ޗައިނާއިން ބޭނުންކުރެވޭ ގޮތަށް މިއަދު ވަނީ ދިވެހި ސަރުކާރާ ޗައިނާ ސަރުކަރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ދަ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީ އާއި އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު ހޯމަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދިވެހި ކަނޑުގައި ޗައިނާއިން ހަރުކުރަނީ ޑިވައިސްތަކެއް ކަމާއި އޭގެ ބަދަލުގައި ރަސްމީކޮށް ދިވެހި ސަރުކާރަށް މި ކޮށްދޭ ކަމަކީ ހަމައެކަނި ތަމްރީނުތަކެއް ކުރިއަށް ގެންދިއުންކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ވައި، އޮއި، އަޑު، ސެލިނިޓީ އަދި ފިނިހޫނުމިން ބެލުމުގެ ފުރުސަތު ޗައިނާއަށް ފަހިވާނެ އެވެ.

ނަމަވެސް އެންމެ ކަންބޮޑުވާ މައްސަލައަކީ ސޯނާ ނުވަތަ އަޑު ރިކޯޑުކޮށް މޮނީޓާ ކުރުމުގެ ފުރުސަތު ލިބުމެވެ.

އެ މަސައްކަތް ކުރަން ޗައިނާއިން ހަރު ކުރާ ޑިވައިސްތަކުން ސަބްމެރިން އަދި މަނަވަރު ހިމެނޭ ގޮތަށް ކަނޑުގައި އުޅަނދެއް ދުއްވިޔަސް އެނގޭނެހެން އަދި ވަކި އުސްމިނަކުން މަތިންދާބޯޓު ދަތުރުކުރާ ނަމަ އެކަން ވެސް ދެނެގަނެވޭނެ އެވެ.

ނަމަވެސް މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބޭ މައުލޫމާތު ޗައިނާގެ ހުއްދަ ނެތި ތިން ވަނަ ފަރާތަކަށް ނުދެވޭނެ އެވެ. އެހެންކަމުން އެއްވެސް ޑޭޓާއެއް އެހެން ފަރާތަކަށް ދެވޭނީ ދެ ފަރާތުން އެއްބަސްވެގެންނެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން މި ކަމާ ގުޅޭ ގޮތުން ބުނީ މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ހިންގާނެ ޚާއްސަ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޗައިނާއިން ކުރިން ބުނެފައިވަނީ ޗައިނާއިން ކަމާގުޅުންހުރި ކަނޑުގެ ސަރަހައްދުގައި ހިންގާ ސައިންޓިފިކް ރިސާޗް ހަރަކާތްތަކަކީ ސުލްހަވެރި ބޭނުމެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އޭގެ ބޭނުމަކީ އިންސާނިއްޔަތަށް ކަނޑުގެ ސައިންޓިފިކް ވިސްނުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސިއްރުތައް ދިރާސާ ކުރެވޭނެ އަދި އެހެން ގައުމުތަކަށް ޖާސޫސް ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރިއިރު މި ސަރުކާރަކީ އިންޑިއާއިން ހައިޑްރޮގްރަފީ ސާވޭ ކުރިއަށް ގެންދާތީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ބޭފުޅުން އިސްކޮށް ތިއްބެވި ސަރުކާރެއްކަން ފާހަގަކޮށްލެވެ އެވެ.