ފުވައްމުލަކަށް މިއަދު ކުރި ވިއްސާރާގައި 98 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިއްޖެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ މިއަދު އެސިޓީއަށް ކުރި ވިއްސާރާގައި އެކިވަރުގެ ގެއްލުތައް ލިބިފައިވާ ކަމަށެވެ. އެގޮތުން 98 ގެއަކަށް ފެން ވަނުމުގެ ސަބަބުން ބެޑްރޫމްސެޓް، އަލަމާރި، މޭޒު ފަދަ ފަރުނީޗަރުތަކާއި ހިފާގެންގުޅޭ ސަމާނު ހަލާކުވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިގޮތުން އެރަށުގައި ފެން ބޮޑުވެގެން ބައެއް ގޭގެއަށް ފެން ވަންނާތީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްކޮށްފަ އެވެ. އަދި ވައިގަދަވެ ފަސް ގޯއްޗެއްގައި ހުރި ރުއް ވެއްޓުމާ ގުޅިގެން އެ ރުއް ނެގުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ ކުރަމުންނެވެ.
މީގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ލިބުނު ގެއްލުންތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެކައުންސިލުގެ ހޮޓްލައިން ނަންބަރު 7315001 އާ ގުޅުއްވުން އެދޭ ކަމަށެވެ. އަދި އެ މައުލޫމާތުތައް ނޭޝަނަލް ޑިޒާސްޓަ އޮތޯރިޓީއަށް ފޮނުއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ރަށު އެކައުސިލުން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ ރަށަށް ކުރި ވިއްސާރައާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ސިފައިން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އަލިފާނުގެ ސަބަބުން 10 ގޭގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް، 60 ހާސް ބުކިން ކެންސަލް
ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟