ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފު މައްސަލަ ނުބަލަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އެނގިފައިވާގޮތުގައި ޝަމްއާންގެ މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފަ އެވެ.
އޭނާ ހައްޔަރުކުރީ ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތުކޮށެވެ.
މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ މާޗް މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ މަހުގެ ހަވަނަ ދުވަހު ވަނީ އަމުރުކޮށްފަ އެވެ.
ޝަމްއާން ބަންދުކުރުމަށް ކުރި ދެ އަމުރު އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައިކޯޓުން ނިންމީ އެ ދެ އަމުރު ވެސް ބާތިލްކުރާނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ވިސާގެ މައްސަލައިގަ ފީފާގެ ބައްދަލުވުމުގައި އީރާނުން ބައިވެރިނުވި
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް
ފިއުލް ސްޓޯރޭޖްތައް ގާއިމްކުރަން ދެ ފަޅެއް ބަލަނީ

ބާރުގަދަ މީހަކާ ޖެހިގަތީމަ ވާނެ ގޮއް!