1. ފިޓްނެސް ދާއިރާއަށް އިންޓްރެސްޓް އުފެދުނީ ކިހިނެތް؟
ޖަވާބު: ދެވަނަ ދަރިފުޅު ވިހައިގެން, ހިކެން ފިޓްވާން ޖިމްއަށް ދާން ފެށީ. އޭރު ދެން ގޮސް އިންޓްރެސްޓްސް އުފެދުނީ. މިހާރު 8 އަހަރުވެއްޖެ ދެވަނަ ދަރިފުޅަށް.
2. މި މަސައްކަތަށް ބޭނުންވަނީ ކޮން ޓްރެއިނިންތަކެއް؟
ޖަވާބު: މީ ވަރަށް ފުޅާ ވެރައިޓީސް ގިނަ ދާއިރާއެއް, ޕާސަނަލް ޓްރެއިންނިން ކޯސް ހަދަން ޖެހޭނެ ޕީޓީއަކަށް ވާން ބޭނުމިއްޔާ. މީގެ އިތުރުން ވެސް ލެސް މިލްސްގެ ވެސް އެކި ޕްރޮގްރާމްތައް ހުރޭ މިސާލަކަށް ބޮޑީ ޕަންޕް, ބޮޑީ ކޮމްބެޓް, އަދި އޭގެ އިތުރަށް ޒުމްބާ. ޒުމްބާއަކީ ވެސް ވަކި ޕްރޮގްރާމެއް. ޔޯގާ, ޕިލާޓީސް ވެސް ހުރޭ. ކުރިއަށް ދެވޭނީ ދާން ބޭނުންވާ ދާއިރާއަކުން ސެޓްޕިކެޓް ހޯދައިގެން.
3. އެންމެ ނަގާ ދޭ ހިތްވަނީ ކޮން ކްލާހެއް އަދި އެއީ ކީއްވެ؟
ޖަވާބު: ނަގާ ހުރިހާ ކްލާހެއް ވެސް ނަގާ ދެނީ ވަރަށް ނަގާ ހިތުން. ކޮންމެ ކްލާހެއްގަ ވެސް އައި ގިވް މައި ވެރީ ބެސްޓް.
4. ކޮން ޖިމް އެއްގަ މިހާރު މަސައްކަތް ކުރަނީ؟
ޖަވާބު: ރިވައިވް ފިޓްނަސްގަ. މާލޭގައި ހުންނަ ހަމައެކަނި އަންހެނުންނަށް ހާއްސަ އެއް ޖިމް މީ. ސްޓޫޑިއޯ ޕްރޮގްރާމްތައް އަދި ޖިމް ފްލޯއެއް އެކުއިޕްމެންޓްއާ އެއްކޮށް ހުންނާނެ. ޕްރެޔާ ރޫމް އާއި ޝަވާ އޭރިޔާ ވެސް ހުންނަ ހުރިހާ ކުދިންނަށް ވެސް ފަސޭހަ ޖިމެއް މީ.
5. ހަމައެކަނި ޒުމްބާ ހަދައިގެން ނުހިކޭނެޔޭ ކިޔާ އުޅޭ. މީ ތެދެއްތަ؟
ޖަވާބު: ޒުމްބާ ހަދައިގެން ވެސް ހިކޭނެ އެކަމަކު މަރީ ރިކޮމެންޑެއް ނުކުރަން ހަމައެކަނި ޒުމްބާ ހަދާކަށް. ޒުމްބާއަކީ ކާޑިއޯ. ކާޑިއޯއާ އެކީ ވެއިޓްސް ވެސް ނަގަންޖެހޭނެ އޭރުން މަސްލް ޓޯންވެފަ ރީތިކޮށް ހުންނާނީ ހިކޭއިރު. ދެން ފާހަގަކޮށްލަން ބޭނުން ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް. ބޮޑީ ޓައިޕް ޕްލަސް ހޯމޯން މައްސަލަވެސް ވަރަށް ގިނަ މިހާރު. މި ހުރިހާ ކަމަކަށް ބަލާފަ އެކި ކުދިންނަށް އެކި ޕްރޮގްރާމް ވޯކް ކުރާނީ. މީގެ އިތުރުން މީލްސް ނަގަންވާ ގޮތަށް ނެގުން އެއީ ވަރަށް މުހިއްމު ކަމެއް.
6. ގްރޫޕް ފިޓްނެސް ކްލާސްތައް ތެރެއިން އަލަށް ފަށާ ކުއްޖަކަށް ރިކޮމެންޑް ކުރާނީ ކޮން ކްލާހެއް؟
ޖަވާބު: މަރީ ރިކޮމެންޑް ކުރާނީ އެކުއްޖަކު ބޭނުންވާ އިންޓްރެސްޓް ހުރި ޕްރޮގްރާމަކަށް ޖޮއިން ކުރަން. ރިވައިވްގަ ހުންނާ ޓްރައިލް ކްލާސް. މިސާލަކަށް ޒުމްބާއަށް އަންނަން ބޭނުންވާ ކުއްޖަކު ޕަންޕް, ކޮމްބެޓް ނޫނީ ބޫޓް ކެންޕް ޓްރައި ކޮށްލަން ބޭނުން ވިޔަސް އެ އޮޕްޝަން އިންނާނެ. ޓްރައި ކޮށްލީމަ އިނގޭނީ ދޯ ކަމުދަނީ ކޮން ޕްރޮގްރާމެއްކަން.
7. ޕާސަނަލް ޓްރެއިނިން ދޭއިރު އެންމެ ފޯކަސް ކުރަނީ ކޮން ކަމަކަށް؟
ޖަވާބު: ބެލެންސްޑް މީލް ޕްލޭންއަކާ އެއްކޮށް ވޯކްއައުޓްސް ކުރިއަށް ގެންގޮސްގެން ކްލައެންޓް ބޭނުންވާ ރިޒަލްޓް ނެރެދިނުން މަރީގެ ގޯލްއަކަށް ވާނީ.
8. ގިނަ އަންހެނުން ފްރީ ވަނީ ހަވީރު/ ރޭގަނޑު ކްލާސްތަކަށް ދާން. ހަވީރު/ ރޭގަނޑު ކްލާހަށް ދާ މީހަކު ރޭގަނޑުގެ ކެއުން ކާންވާނީ ކޮން އިރަކު؟
ޖަވާބު: ވޯކައުޓް ކުރުމުގެ ކުރިއަށް ޕްރީ- ވޯކްއައުޓްއަކަށް ކުޑަ އެއްޗެއް ނަގާލާފަ ވޯކް އައުޓްއަށް ފަހު ލައިޓް ޑިނާއެއް ނަގާލަންވާނެ. ރަނގަޅީ ނިދުމުގެ 2 ގަޑިއިރު ކުރިން ވިއްޔާ.
9. ހިކެން މަސައްކަތް ކުރާއިރު ގިނަ ކްލައެންޓް ހަދާ "މިސްޓޭކް" އަކީ ކޮބާ؟
ޖަވާބު: ނުކައި ހުރުން. އެކްސްޓްރީމް ޑައެޓްކުރުން. މީލްސް ނަގަން ޖެހޭ ގޮތަށް ނަގަންވާ ގަޑީގަ ނެގުން ވަރަށް މުހިއްމު. މީގަ އަދި ފާހަގަކޮށްލަން ބޭނުންވޭ އެއްވެސް ހާލަތެއްގަ ކާބްސް އެއްކޮށް ހުއްޓާލައިގެން ނުވާނެ. ކާބްސް ވެސް ނަގަން ޖެހޭ ގަޑީގަ ނަގަންވާ މިންވަރަށް ނެގުން ވަރަށް މުހިއްމު އެއްޗެއް. ނުކައިހުރުމަކީ ހައްލެއް ނޫން.
10. ފިޓްނެސް ޓްރެއިނަރަކަށް ވާން އިންޓްރެސްޓް ހުރި ކުއްޖަކަށް ދޭނެ އެޑްވައިސްއަކީ ކޮބާ؟
ޖަވާބު: ކުރިއަށް ދާން ރަނގަޅު ދާއިރާއެއް މީ. ޓްރިނިން ހެދި ކަމުގައި ވިޔަސް އަމިއްލައަށް ރީސާޗް ކުރާތި. ބޭސިކް ޓްރިނިން އަކުން ހުއްޓާ ނުލާ ކުރިއަށް ދާންވާނެ. މި ދާއިރާގައި "ލާނިން ނެވާ ސްޓްޕްސް"