މާބަނޑުވުމަށްފަހު ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހެ އެވެ. އެގޮތުން މާބަނޑު ދުވްސްވަރު ''ފޮލިކް އެސިޑް'' ބޭނުން ކުރުމަކީ ޑޮކްޓަރުން އަބަދުވެސް ލަފާދޭ ކަމެކެވެ.
ފޮލިކް އެސިޑް ނުވަތަ ފޯލޭޓްއަކީ ވަރަށް ފަސޭހައިން ފެނަށް ގިރުވާލެވޭ ވިޓަމިން ބީގެ މާއްދާއެކެވެ. އިންސާނާގެ ހަށިގަނޑުން ފޮލިކް އެސިޑް ބޭނުންކުރަނީ އާ ސެލްތަކާ ނިއުކްލިކް އެސިޑް އުފެއްދުމަށެވެ.
މީގެ އިތުރުން ފޯލިކް އެސިޑަކީ، ޖެނެޓިކްސްއާއި ގުޅިފައިވާ ޑީއެންއޭ އުފެއްދުމުގެ މަރުހަލާގައި ވެސް އިސް ދައުރެއް އަދާކުރާ މާއްދާއެކެވެ
އުފެދުމުގެ އައިބުތައް ކުޑަކޮށްދޭ
ފޮލިކް އެސިޑަކީ ބަނޑުތެރޭގައި ދަރިފުޅު އުފެދި ހެދި ބޮޑުވަމުން އަންނަ އިރު ސިކުނޑިއާއި ސްޕައިނަލް ކޯޑަށް ބަދަލުވެގެންދާ ނިއުރަލް ޓިއުބްގައި އައިބުކަން އުފެދުމާ ދުރުކޮށްދީ އެފަދަ ކަމަކުން ދަރިފުޅު ހިމާޔަތްކޮށްދޭ މާއްދާ އެކެވެ.
ރެޑް ބްލަޑް ސެލްސް އުފައްދައިދޭ
ގަވާއިދުން ފޮލިކް އެސިޑް ބޭނުންކުރުމުން ހަށިގަނޑުގައި ރެޑް ބްލަޑް ސެލްސް އުފައްދަން އެހީވެދެ އެވެ. މިއީ މާބަނޑު ދުވަސްވަރު އާންމުކޮށް ކުރިމަތިލާންޖެހޭ ދަގަނޑުގެ ބައި ދަށްވުމުގެ މައްސަލަތައް ދުރުކޮށްދޭނެ ކަމެއް ވެސްމެ އެވެ