ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 50 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް އެ ގައުމުގެ ވަފުދެއް ރާއްޖެ އަންނަން ނިންމައިފި އެވެ.
އެގައުމުން މި މަސައްކަތް ނިންމުމަށް ވަފުދެއް އަންނަން ހަމަޖެހިފައިވަނީ މިމަހު އެވެ.
ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިނިސްޓަރު އާދަމް ޝަރީފު އިތުރަށް ވިދާޅުވި ގޮތުގައި ޗައިނާގެ އެހީގައި 50 ރަށެއްގެ ކައުންސިލް އިދާރާ އިމާރާތްކުރާއިރު، ސަރުކާރުގެ ހަރަދުގައި އިތުރު 55 ކައުންސިލް އިދާރާގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ރަށްތައް ހޮވުމުގައި އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ އަދި އެންމެ ގިނަ ދުވަސްވީ ރަށްތަކަށް އިސްކަންދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މެންބަރުންނަށް އިންޝުއަރެންސް ލިބުން ދަތިވެ، އެލައިޑް މަޖިލީހަށް
ފެނަކައިން ކޮންމެ ދެ މަހުން ކޮމިޓީއަށް ރިޕޯޓު ހުށަހަޅަން ބުނެފި
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
