މިދިޔަ ހޯމަ ދުވަހު އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިބްރާހީމް ފަރީދު އަހުމަދުގެ ހަނދާނުގައި ބަނގްލަދޭޝްގައި މިސްކިތެއް އިމާރާތްކުރަން ބޭނުންވާ ފައިސާ ހަމަވުމުން، އިތުރަށް ވެސް އެހީ ލިބެމުންދާތީ ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ނިންމައިފިއެވެ.

ހިދުމަތް ޖަމިއްޔާއިން ބުނީ ޝައިޚް ފަރީދުގެ ހަނދާނުގައި ބަނގްލަދޭޝްގައި މިސްކިތެއް އަޅަން އެހީތެރިވުމުގެ ފުރުސަތު ހުޅުވާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި 760،000 ރުފިޔާ ލިބިފައިވާ ކަމަށެވެ. އެ އަދަދަކީ އެ މިސްކިތް ބިނާކުރުމަށް ފުދޭ އަދަދެއް ކަމަށް ވެސް

ހިދުމަތް ޖަމިއްޔާއިން ބުނީ ބަންގްލަދޭޝްގައި މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހަމަވި ފަހުން ވެސް ގިނަ އަދަދެއްގެ މީހުންގެ ފަރާތުން ފައިސާގެ އެހީ ލިބެމުންދާތީވެ ރާއްޖޭގައި ވެސް ފަރީދުގެ ހަނދާނީ މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ވަރަށް ގިނަ ބަޔަކު އަދިވެސް މި ކަމުގައި ބައިވެރިވުމަށް އެދެމުންދާތީއާއި އިތުރަށް ފަންޑް ލިބެމުންދާތީ ޝައިހްގެ މިސްކިތެއް ދިވެހިރާއްޖޭގައި ވެސް ބިނާކުރުމަށް އިންޝާﷲ މިހާރު ވަނީ ނިންމާފައި، މި ކަމަށް ޓަކައި ހޭދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަން،" ހިދުމަތް ޖަމިއްޔާއިން ފޭސްބުކްގައި ލިޔެފައިވެ އެވެ.

މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހަދިޔާކުރަން ބޭނުންވާ މީހުން 7770000141496 އެކައުންޓް ނަންބަރަށް ފައިސާ ފޮނުވަން ދިއުމަށް އެ ޖަމިއްޔާއިން އެދެ އެވެ.

ދިނީގޮތުން ދިވެހީން ހޭލުންތެރިކުރުމަށް އެތަކެއް ގުރުބާނީއެއް ވެވަޑައިގެންނެވި ފަރީދުގެ ހަށިގަނޑު މިއަދު ހަވީރު ވަނީ މެލޭޝިޔާގައި ފަސްދާނުލާފަ އެވެ.