އީރާނަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލަށް "ހަރުކަށި އަދަބު" ލިބޭނެ ކަމަށް އުންމީދުކުރަން ޖެހޭނެ ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން ޚާމަނާއީ ވަނީ ހުކުރު ދުވަހު އިޒްރޭލުން ދޭ ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ދޭނެކަމުގެ އިންޒާރު ދެއްވާފަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ އެޖެންސީ، އިރްނާއިން ނެރުނު ބަޔާނެއްގައި ޚާމަނާއީ ވަނީ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ގިނަ ކޮމާންޑަރުންނާއި ސައިންސްވެރިން އަވަހާރަވެފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ޚާމަނާއީ ވިދާޅުވީ އިޒްރޭލުން "ފަތިހުގެ ވަގުތެއްގައި ޖަރީމާއެއް" ހިންގާފައިވާ ކަމަށާއި އެއީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ހިންގި ޖަރީމާއެއް ކަމަށެވެ.
"ދުޝްމަނުންގެ ހަމަލާތަކުގައި ގިނަ ކޮމާންޑަރުންނާއި ސައިންސްވެރިންގެ ފުރާނަ ވަނީ ގެއްލިފައި. އެބޭފުޅުންގެ ފަހުން އަންނަ ބޭފުޅުންނާއި އެކުވެރިން، الله އިރާދަކުރެއްވިއްޔާ، ހުއްޓުމެއްނެތި ވަގުތުން އެބޭފުޅުންގެ މަސްއޫލިއްޔަތުތައް އަލުން ފަށްޓަވާނެ،" އޭނާ ވިދާޅުވި އެވެ.
މި ޖަރީމާއާ އެކު، ޒަޔަނިސްޓުންގެ ވެރިކަމަކީ، އަމިއްލަ ނަފްސަށް އަނިޔާވެރި އަދި ވޭންދެނިވި އަދަބެއް ލިބުމުގެ މަގު ފަހިކޮށްދިން ޖަރީމާއެކެވެ.