މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.
ފުލުހުން ބުނީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި މިރޭ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިފަދަ އެކްސިޑެންޓްތައް މާލޭގައި ހިނގުން ވަނީ އާންމުވެފަ އެވެ.
ނޭޓޯގެ ގައުމުތަކަށް ރަޝިއާއިން ހަމަލާއެއް ނުދޭނެ: ޓްރަމްޕް
ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ސްޕެޝަލިޓީއަކުން ފަރުވާ ދެނީ
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޞަބްރީއަށް ކޮރަޕްޝަންގެ ދައުވާ
