ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާގެ ފިރިމީހާ ރާގަވް ޗަދާގެ މަތިމަސް ބެހެއްޓުމާ ގުޅޭގޮތުން ފޭނުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލައިފި އެވެ.

ރާގަވް މަތިމަސް ބަހައްޓާފައި ހުރި ހެވިފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނެފައިވަނީ މަތިމަސް ބެހެއްޓުމާ ގުޅޭ ގޮތުން ފޭނުން ވޯޓް ދިނުމަށެވެ.

އެ ޕޯސްޓަށް ޕަރިނީތީ ވެސް ވަނީ ކޮމެންޓް ކޮށްފަ އެވެ. ސަމާސާ ގޮތަކަށް ޕަރިނީތީ ބުނެފައި ވަނީ ވަރަށް މުހިއްމު ވޯޓެއް ކުރިއަށްދާ ކަމަށާއި ހުރިހާ އެންމެން ވެސް އެ ވޯޓުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.

ޕަރިނީތީ އާއި ރާގަވްއަކީ އަބަދުވެސް އެފަދަ މަޖާ ދެމީހުންގެ ދިރިއުޅުމާ ގުޅޭ ބައެއް ކަންކަން ސޯޝަލް މީޑިއާގައި ހިއްސާކުރާ ދެމަފިރިންނެވެ.

އިންޑިއާގެ މަޖިލިސް މެންބަރު ރާގަވް ޗަދާއާއި ޕަރިނީތީ ޗޯޕްރާ ކައިވަނި ކުރީ 24 ސެޕްޓެމްބަރު 2023 ގަ އެވެ.