ހުކުރު ދުވަހުގެ ރޭ ސެންފްރެންސިސްކޯގައި ބޭއްވި ޕޮޕް ލަވަކިޔުންތެރިޔާ ކެޓީ ޕެރީގެ ލައިފްޓައިމްސް ޓުއާގެ ޝޯގައި ބޭނުންކުރި އުދުހޭ ކޮކާ މައްސަލަޖެހި ފޭނުން ހާސްކޮށްލައިފި އެވެ.
އެތައް ހާސްބަޔަކު އެއްވެފައިއޮތް ޝޯގައި ކެޓީ އިނީ މަތީގައި ވާޖަހައި އެލުވާފައިވާ ކޮކާލެއް ކަހަލަ އެއްޗެއްގައި އިށީންދެގެންނެވެ. ލަވަކިޔަމުން ދަނިކޮށް ޕްރޮޕްގެ މައްސަލަޖެހި ކުއްލިއަކަށް ވަރަށް ބޮޑަށް ތިރިއަށް ޖެހެ އެވެ. މިއާއެކު ކެޓީ ލަވަކިޔުން ހުއްޓާލަ އެވެ. އަދި މަތީގައި ޕްރޮޕް ހިފަހައްޓާފައިވާ ވާތަކަށް ބަލާލުމަށްފަހު މައްސަލަ ހައްލުވުވުމުން އަލުން ލަވަކިޔަން ފަށައެވެ.
މި ހާދިސާއާއެކު ކެޓީގެ ސަޕޯޓަރުން ދަނީ އެފަދަ ފްލައިން ޕްރޮޕްތައް ޝޯތަކުގައި ބޭނުން ނުކުރުމަށް ގޮވާލަމުންނެވެ.
މިދަޔަ މަހު މަޝްހޫރު ލަވަ ކިޔުންތެރިޔާ ބިޔޯންސޭގެ ޝޯއެއްގައިވެސް މިފަދަ ކަމެއް ވަނީ ހިނގާފަ އެވެ. އެފަހަރު ވައިގެ ތެރޭގައި އެލުވާފައިވާ ކާރެއްގައި ބިޔޯންސޭ ލަވަކިޔަން ހުއްޓާ އޭގެ މައްސަލަޖެހި އަރިއަށް ދާން ފެށުމުން އޭނާވަނީ ވަގުތުން އޭގެން ބާލާފަ އެވެ.