ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް އެރުވި ހަވާއާއެކު މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފި އެވެ.
ގިނަ ސަރަހައްދުތަކެއްގައި އެއްފަހަރާ ސިންކްރޮނައިޒް ވާ ގޮތަށް ހަވާ އެރުވުމުން ދުނިޔޭގެ ރެކޯޑް ފޮތަށް އެމްއޭސީއެލުން އެރިއިރު، އެރޭ ވަނީ މާލެ ވަށާ ޖުމްލަ 19 ސަރަހައްދެއްގައި އެއްފަހަރާ ހަވާ އަރުވާފަ އެވެ. އެއީ ކަނޑުގެ 16 ސަރަހައްދަކާއި އެއާޕޯޓު ސަރަހައްދުގައި ތިން ތަނެއްގަ އެވެ.
އެމްއޭސީއެލުން ބުނީ އެކަމުގެ ލިޔުން ލިބުނީ އާ ޓާމިނަލްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަމަށާއި، މި ހަރަކާތް ރެކޯޑު ފޮތަށް އެރުވުމަށްޓަކައި ހެކިންގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ބަޔަކު އެ ރަސްމިއްޔާތުގައި ބައިވެރިވި ކަމަށެވެ.
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާގެ އިތުރުން ޑްރޯން ޝޯއެއްވެސް ވަނީ ބާއްވާފަ އެވެ. މި ހަރަކާތްތައް ބަލާލުމަށްޓަކައި ބާލޭގެ އެކި ސަރަހައްދުތަކަށް ގިނަ ބަޔަކު އެރޭ އެއްވި އެވެ.
އީރާނަށް އިތުރު ފުރުސަތެއް ދިނުމަށް ގަލްފްގެ 3 ގައުމަކުން އެދުނު
ނިމިގެން ދިޔައީ ތާރީޚުގައި ވެސް އެންމެ ރަނގަޅަށް ދިޔަ އިންތިޚާބު
އެމްޑީޕީން ދެން މަސައްކަތް ކުރަން ވީ 2028 ވެސް ކާމިޔާބު ކުރަން