އއ. އުކުޅަހުގައި ޒުވާން ފިރިހެނަކު، އޭނާގެ ބައްޕައަށް ރޭ ވަޅިން ހަމަލާ ދީފި އެވެ.
އުކުޅަހު ކައުންސިލް މެންބަރަކު ވިދާޅުވީ އެ ހަމަލާދިނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ވަޅިން ހަމަލާދިނުމުގެ ސަބަބުން 60 އަހަރުން މަތީގެ އެ ބައްޕަގެ ބަނޑާއި އަތް ވަނީ ޒަހަމްވެފަ އެވެ. އޭނާއަށް އުކުޅަހު ސިއްހީ މަރުކަޒުގައި ވަނީ ފަރުވާދީފަ އެވެ.
"އެ މީހާގެ ހާލު ސީރިއަސް އެއްނޫން،" އުކުޅަހު ކައުންސިލަރަކު ވިދާޅުވި އެވެ.
ނަފްސާނީ ބަލި ހުންނަ އެ ދަރިފުޅު ރުޅި އައީ އޭނާގެ ގަޔަށް ގަޔަށް ޖަހަންޖެހޭ އިންޖެކްޝަނެއް ޖެހުމުންނެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެމޭޒަން އާއި އަލީ އެކްސްޕްރެސް ބްލޮކެއް ނުުރަން: ބީއެމްއެލް
ފޮނި ކެއުމަކަށް ފުފޫ ކަނދި ހަމަ އެއްވަނަ!
ނަގުދު ފައިސާ އާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި
