އއ. އުކުޅަހުގައި އާދިއްތަ ދުވަހުގެ ރޭ ބައްޕައަށް ހަމަލާދިން ދަރިފުޅަށް ނަފްސާނީ ފަރުވާދިނުމަށާއި، އޭނާގެ ބައްޕައަށް އިތުރު އަނިޔާއެއް ލިބިފައިވޭތޯ ޓެސްޓުތައް ހަދަން ހޯމަ ދުވަހު ދެބަފައިން މާލެ ގެނެސްފި އެވެ.
ރޭ ހިނގި މި ހާދިސާގައި އަނިޔާވި ބައްޕައަކީ 60 އަހަރުން މަތީގެ މީހެކެވެ. އަދި ފިރިހެން ދަރިފުޅަކީ ފުރާވަރުން ފެށިގެން ނަފުސާނީ ބައްޔަކަށް ފަރުވާ ކުރަމުން އަންނަ މީހެކެވެ.
ދެ ބަފައިންގެ މެދުގައި ރޭ ހިނގި ހާދިސާގައި އަނިޔާވި ބައްޕަގެ ބަނޑަށާއި އަތަށް ވަނީ ޒަހަމްތަކެއް ލިބިފަ އެވެ.
ދެބަފައިންގެ ތެރެއިން ބައްޕަގެ ހާލު ރަނގަޅު ކަމަށާއި، ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި މި މީހާ ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި ޓެސްޓުތައް އަންނަނީ ހަދަމުންނެވެ. ޓެސްޓުތައް ހަދަނީ އިތުރު ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށެވެ. މީގެ އިތުރުން 26 އަހަރުގެ ދަރިފުޅަށް ވެސް ނަފްސާނީ ފަރުވާ ދޭން ވަނީ ފަށާފަ އެވެ.
ނަފްސާނީ ބަލި ހުންނަ އެ ދަރިފުޅު ރުޅި އައީ އޭނާގެ ގަޔަށް ގަޔަށް ޖަހަންޖެހޭ އިންޖެކްޝަނެއް ޖެހުމުންނެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.