ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ޕީއެންސީއަށް ނިސްބަތްވާ ހަތަރު މެންބަރަކު މާލީ ބަޔާން ހާމަނުކުރާކަން އެނގިއްޖެ އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މިހާތަނަށް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ހުރިހާ މާލީ ބަޔާންތަކެއް އެ އިދާރާގެ ވެބްސައިޓްގައި ހާމަކޮށްފައިވާނެ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 88 މެންބަރެކެވެ. މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 93 އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވާކުރާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަންޖެހޭނެއެވެ.
މާލީ ބަޔާން ހާމަކުރާ މެންބަރުން
މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް
ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް
ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު
އުސޫލުގައިވާގޮތުން މާލީ ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ހުރި މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކުގެ މައުލޫމާތަކާއި އަރަންޏާއި ދަރަނީގެ ހިސާބުތައް ހިމެނެ އެވެ.
އެހެން ވަޒީފާއެއް އަދާ ކުރާނަމަ، އެ ވަޒީފާގެ ޒިންމާތައް ވެސް ހާމަކުރަންޖެހޭ ކަމަށް އުސޫލުގައިވެ އެވެ.
މާލީ ބަޔާން ހުށަހަޅަން ޖެހެނީ ކޮންމެ މީލާދީ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ 31ގެ ކުރިންނެވެ.