މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ދިރިއުޅުމުގެ ހާލަތާމެދު އޭނާގެ ސަޕޯޓަަރުންނާއި ގާތް އެކުވެރިންގެ މެދުގައި ކަންބޮޑުވުންތައް އިތުރުވެއްޖެ އެވެ.
ބްރިޓްނީގެ ދިރިއުޅުމުގެ ހާލަތާމެދު ކަންބޮޑުވުންތައް އިތުރުވެފައިވަނީ ދާދި ފަހުން އާއްމުވި އޭނާގެ ގޭގެ ވީޑިއޯއެއްގައި ގޭގެ ހާލަތު ރަނގަޅު ނުވުމުންނެވެ.
ބުނެވޭ ގޮތުގައި ނަފްސާނީ ކަންތައްތަކެއް ތަހައްމަލު ކުރަމުން އަންނަ ބްރިޓްނީ އޭނާގެ ގެ އެއްވެސް ވަރަކަށް ސާފު ނުކުރާއިރު އެ ގެ މިހާރު ހުރީ އިންސާނުން ދިރިއުޅެން އެކަށޭނަ މިންވަރަކަށް ނޫނެވެ.
އެގޮތުން މުޅި ގޭގައި ކުއްތާ ނަޖިސް ހުރި ކަމަށާއި އެކަމުން ވެސް ބްރިޓްނީއަށް މާ ބޮޑު އުނދަގޫތަކެއް ވާ ކަމަށް ފާހަގަ ނުކުރެވޭ ކަމަށް އޭނާއާ ގާތް ފަރާތްތަކުން މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.
"އޭނާގެ ހާލަތު އެއްވެސް ވަރަކަށް ރަނގަޅެއް ނޫން. އޭނާއަށް އެހީވާނެ މީހަކު އެތަނަކު ނެތް. އޭނާ އުޅެނީ އާއްމު މީހަކު އުޅޭނެ ގޮތަކަށް ނޫން" އެފަދަ ފަރާތަކުން ބުނެފައިވެ އެވެ.
ބްރިޓްނީ ކުރި ޕޯސްޓުގެ ކޮމެންޓް ސެކްޝަން ޑިސްއޭބަލް ކޮށްފައި ހުރި ނަމަވެސް ގިނަ ބަޔަކު ވަނީ އެކްސްގައި އޭނާގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީގެ ކުރިން ވެސް ބްރިޓްނީ ވަނީ ތަފާތު ވީޑިއޯތަކެއް އާއްމުކޮށް މީޑިއާގެ ސަމާލުކަން ހޯދާފަ އެވެ. އެ ވީޑިއޯތަކުން އޭނާގެ ބުއްދި ރަނގަޅު ނޫންކަން ދޭހަވެ އެވެ.