ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު މި ހަފުތާގެ ތެރޭގައި ދެވަނަ ފަހަރަށް ތަޅާލައި، މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މުޖުތަމައުން އެކަހެރިކޮށްފި އެވެ.
އެންމެ ފުރަތަމަ މި މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އޭގެ ފަހުން އަނެއްކާވެސް ވަނީ ހަމަ އެ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާފަ އެވެ. މި ހާދިސާތަކުގައި މިސްކިތަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.
މި ފަހަރު ވެސް މިސްކިތަށް ގެއްލުން ދީފައިވަނީ ހަމަ އެއް މީހެއް ކަމަށް ބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެ އެވެ. ފުލުހުން އަންނަނީ މި ދެ ހާދިސާ ވެސް ވަކި ދެ މައްސަލައިގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް، ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު ވަނީ މުޖުތަމައުން އެކަހެރިކުރެވިފަ އެވެ. އަދި އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
ޒުވާނުންގެ މުޒާހަރާއާއެކު އިންޑިއާ ސިޔާސީ ނުތަނަވަސްކަމުގައި
ޝަބާނާގެ ސިއްހީ ހާލު ގޯސްވެ ފަރުވާ ހޯދަން ޖެހިއްޖެ
