ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ގެއަށް ބަދަލުކޮށްފި އެވެ.

އުމުރުން 74 އަހަރުގެ ގާސިމް ސަން އައިލެންޑު ރިސޯޓުގައި ހުންނަވަނިކޮށް އިއްޔެ "އުނދަގޫތަކެއް" ވެގެން ލޯންޗުގައި މާލެ ވަޑައިގަތީ ކަމަށް އޭނާގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިއްހީ ހާލަތު ހުރިގޮތުން ފްލައިޓްގައި ވެސް ދަތުރުކުރެވެން ނެތުމުން ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެ ވަޑައިގަތީ ލޯންޗުގަ އެވެ.

ގާސިމްގެ ހާލު މިހާރު ރަނގަޅުވެ މިހާރު ގެއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.

ގާސިމްގެ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތު އާއިލާއިން ހާމަކޮށްފައެއްނުވެ އެވެ.