އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ސިއްރުން ހުކުމްކޮށްގެން އުޅެނިކޮށް, އެކަން ފަޅާ އަރައިފި އެވެ.

ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރީ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ފައިސާތަކެއް ލޯންޑާކޮށްދިން ކަމަށް ބުނެ އެވެ.

އެމައްސަލާގައި ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހެވެ. އެދުވަހުގެ ތާވަލްގައި އެ މައްސަލަ ހިމަނާފައި ނުވާއިރު, އަދި އެ މައްސަލައިގެ ހުކުމް މިހާތަނަށް ވެސް ކޯޓުން ޝާއިއުކޮށްފައެއް ނުވެ އެވެ.

މިއީ މިހާ ސިއްރުން ހުކުމެއްކޮށް, އަދި އެ ހުކުމްކުރިކަން ހާމަނުކޮށް ހާމަވި ފުރަތަމަ ފަހަރެވެ.

ފުއްގިރީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރާއިރު,ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ. އެ މައްސަލަ މިހާރު އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.