އެމްޑީޕީގެ ބޮޑު މުޒާހަރާ ކަވަރުކުރަން ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިންނަށް އަމާޒުކޮށް ޕެޕާސްޕްރޭ ޖަހަމުންދާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.
އެމްޖޭއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސީދާ ނޫސްވެރިންނަށް އަމާޒުކޮށްގެން ފުލުހުން ޕެޕަ ސްޕްރޭ ޖަހަމުން ގެންދާ ކަމުގެ ރިޕޯޓުތައް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.
އެހެންފަހަރުތަކުގައި އަމަލުކުރާ ގޮތާ ހިލާފަށް މި މުޒާހަރާ ކަވަރުކުރަން ނޫސްވެރިންނަށް ފުރުސަތު ނުދޭކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ފުލުހުންގެ ސަފުތަކުގެ ފަހަތުގައި ތިބެ މުޒާހަރާ ކަވަރުކުރުމުގެ ފުރުސަތު މީގެކުރިން ފުލުހުން ދެ އެވެ. ނަމަވެސް އެ ފުރުސަތު ނުދީ މީޑިއާތައް އެ ސަރަހައްދުން ފޮނުވާލަން ފުލުހުން މަސައްކަތްކޮށްފައިވެ އެވެ.
ބޭނުމަކީ ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ތިބި މަންޒަރު ޓީވީން ލައިވްކޮށް ދެއްކުން ހުއްޓުވުމެވެ.
ނޫސްވެރިންގެ ޒިންމާ އަދާކުރަން ހުރަސް ނޭޅުމަށް އެމްޖޭއޭ އިން ވަނީ ފުލުހުންނަށް އިލްތިމާސްކޮށްފަ އެވެ.
އިޒްރޭލުގައި ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާކޮށްފި
ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެ އަނދަނީ
ބޭރުގެ ޑިޕްލޮމެޓުން ޓެކްސް ދައްކަން ނުޖެހޭ ގޮތް ހަދަނީ
