މުޖުތަމައުގައި ހިތުގެ ދުޅަހެޔޮކަމާއި، ހިތުގެ ބަލިތަކާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް، ޓްރީ ޓޮޕް ހޮސްޕިޓަލުން ކެމްޕޭނެއް ފަށަން ނިންމައިފި އެވެ.

"ހިތުގެ ވިންދުން ދުޅަހެޔޮ މާދަމަޔަކް"ގެ ނަމުގައި މާދަމާ އިން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނަކީ އަސާސީ ހިތުގެ ފަރުވާ ފަސޭހަކަމާއެކު ލިބޭނެގޮތް ހެދުމަށް، މާލީ ހުރަސްތައް ނައްތާލުމަށް ފަރުމާކުރެވިފައިވާ ކެމްޕޭނެކެވެ.

"މި ކެމްޕެއިންގެ މައިގަނޑު މަޤްސަދަކީ ބައިވެރިވާ ފަރާތްތަކަށް އެއްވެސް މާލީ ބުރައެއް ނެތި، ފެންވަރު މަތި ސިއްހީ ޚިދުމަތާއި، ޚާއްސަ ޑޮކްޓަރުންގެ މަޝްވަރާ އަދި މުހިންމު މެޑިކަލް ޓެސްޓްތައް ހެދުމުގެ ފުރުސަތު މުޖުތަމަޢުގެ ގެ ގިނަ ބަޔަކަށް ފޯރުކޮށްދިނުން" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވި އެވެ.

ކެމްޕޭނުގެ މައިގަނޑު ނުކުތާތައް:

• ހިލޭ ޑޮކްޓަރަށް ދެއްކުން: އެއްވެސް ޚަރަދެއް ނެތި ހިތުގެ ޑޮކްޓަރުންނަށް ދެއްކުން

• ހިލޭ އެންޖިއޯގްރަފީ ޓެސްޓް: ޑޮކްޓަރު ލަފާދީފިނަމަ، އެންޖިއޯގްރަފީ ޓެސްޓް ހިލޭ

• ފަންނީ މެޑިކަލް ޓީމް: ކެމްޕޭން ކުރިއަށް ގެންދާނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ހިތުގެ ބަލީގެ ކޮންސަލްޓަންޓުން ކަމަށްވާ ޑރ. އަމިތް އަގަރުވާލް، ޑރ. މޫސާ މަނިކު، އަދި ޑރ. އަޒީޒް އަހްމަދު ގެ ބެލުމުގެ ދަށުން

• ފަސޭހަ ރަޖިސްޓްރޭޝަން: ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރުވޭނެ. އަދި ރަޖިސްޓަރ ކުރުމުން، ހޮސްޕިޓަލުގެ ކޯލް ސެންޓަރުން އެޕޮއިންޓްމަންޓް ކަށަވަރުކުރުމަށް ގުޅާނެ

މިހާރުގެ ދުނިޔޭގައި އިންސާނުންގެ ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ގޮންޖެހުންތަކުގެ ތެރޭގައި ހިތުގެ ބަލިތައް ހިމެނެ އެވެ. މި ބަލިތަކުގެ ފަރުވާ ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނީ ވީހާވެސް އަވަހަކަށް ބަލީގެ އަލާމާތްތައް ދެނެގަނެ، އެކަށީގެންވާ ފަރުވާ ފެށުމުންނެވެ.

މި ކެންޕޭނާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުން މަސައްކަތް ކުރަނީ ހިތުގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަށް މީހުން ހިތްވަރުދިނުމަށެވެ. މިގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތި ޓެސްޓުތައް ފެށުމުގެ ފުރުސަތު ދެވޭނެއެވެ. ކޮންސަލްޓޭޝަން އަދި އެންޖިއޯގްރަފީ ހިލޭ ދެވޭއިރު، އެހެނިހެން ހުރިހާ ޓެސްޓުތަކާއި ފަރުވާތަކަށް ހޮސްޕިޓަލުގެ އާންމު އުސޫލުން ފީ ނެގޭނެއެވެ.

ރަޖިސްޓްރީ ކުރުމަށް މި ލިންކަށް ކްލިކޮށްލައްވާ!

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.