މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު މިހާރު ވަނީ ނިމިފަ އެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އަދި އިއުލާން ނުކުރި ކަމުގައި ވިޔަސް ވަގުތީ ނަތީޖާތަކަށް ބަލައި މޮޅުވި މީހުން އެކަމުގެ އުފަ ފާޅުކުރުމުގެ ކަންތައް ކުރިޔަށް އެބަދެ އެވެ. އެންމެ ވާދަ ވެރި ސިޔާސީ ދެޕާޓި ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމްއިން ފޯރިއާ އެކު ކެމްޕެއިން ކޮށްގެން ކުރިޔަށް ދިޔަ އިންތިޚާބުގައި މާލޭގެ މޭޔަރު ކަމާއެކު ގިނަ ގޮނޑިތަކެއް ޕީޕީއެމް އަށް ލިބުމުން އެ ޕާޓިން ދަނީ އިންތިޚާބު ކާމިޔާބު ވެއްޖެ ކަމަށް ހަރުއަޑުން ބުނަމުންނެވެ. ހަމަ އެފަދައިން އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ އެމަނިކުފާނުގެ ޕާޓީއަށް ކާމިޔާބު ލިބި ވަޑައިގެންނެވި ކަމަށް ވިދާޅުވަމުންނެވެ.
އެމްޑީޕީގެ ގިނަ ސަޕޯޓަރުން ދެކޭ ގޮތުގައި އެޕާޓީއަށް ނާކާމިޔާބުވީ ޕާޓީގެ މެމްބަރުން ވޯޓުލާން ނުނިކުތުމުންނެވެ. ޕާޓިގެ މެމްބަރުން ވޯޓު ލާން ނުދިޔަ ސަބަބެއް ކަމުގައި އެމީހުން ގަބޫލު ކުރަނީ ޕާޓިގެ މެދުގައި އޮތް ބައިބައި ވުމެވެ. ހަމަ އެފަދައިން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ތައް ނުފުދި އޮތް އޮތުން ވެސް ހިމެނެނީ ޕާޓިއަށް ނާކާމިޔާބުވި ސަބަބެއް ކަމުގަ އެވެ
ޕާޓީގެ މެދުގައި ހަމަނުޖެހުން އުފެދި ޕާޓީގެ ތެރޭގައި ބައިބައި ވުން އުފެދުނީ ސަރުކާރު ހިނގާ ގޮތާ މެދު ޕާޓިގެ ރައީސާއި ރައީސާއި ގާތް ބައެއް ބެފުޅުން ފާޑުކިޔަން ފެށުމުންނެވެ. ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ވަގަށް ގޮވައި ޚުދު ސަރުކާރަކީ ވެސް ވަގު ސަރުކާރެއް ކަމުގައިވާހަކަ ދައްކަން ފެށި ހިސާބުންނެވެ.
ކައުންސިލް އިންތިޚާބު އިއުލާން ކުރީއްސުރެ ފެންނަނީ އެމްޑީޕީގެ ރައީސް ނަޝީދު، އިސްވެ ހުންނަވައިގެން ސަރުކާރުގެ އެކި މިނިސްޓަރުންނާ ދިމާކުރައްވާ ތަނެވެ. ޚާއްސަ ކޮށް ސަރުކާރުގެ އެންމެ ބާރުގަދަ މިނިސްޓަރު ކަމުގައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ބާރު ސަރުކާރުގައި މާގަދަ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ޕާޓިގެ ތެރޭގައި ކުރެއްވި އެވެ. މިކަމުގައި ރައީސް ސޯލިހާ ރައީސް ނަޝީދުގެ ކުރިމަތިލުމަކަށް ގޮސް ނަޝީދަށް ކާމިޔާބު ނުވި ނަމަވެސް ފައްޔާޒަކީ ކޮރަޕްޝަނުގެ އަމަލު ހިންގަވާ ބޭފުޅެއްކަމުގައި ނިންމެވެ އެވެ. އެންމެ ފަހުން އިންތިޚާބު ބޯމަތިވެފައި އޮއްވާ ސަރުކާރަކީ ވަގު ސަރުކާރެއް ކަމުގައި ވިދާޅުވެ އެފަދަ ސަރުކާރަކާ އެކު އޮންނަން އެމްޑީޕީ ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީ ވަރަށް ބޮޑަށް ބައިބައިވެ، ދެ ރައީސުންގެ ދެ ފެކްޝަނެއް އުފެދުނެވެ.
އެމްޑީޕީ ގެ ތެރޭގައި އޮތް ބައިބައި ވުމުގެ އަސަރު އިންތިޚާބަށް ކުރާނެ ކަމީ މެންދުރުގެ އިރު ފަދައިން ފެންނަން އޮތް ކަމެއް ކަމަށްވާއިރު މިފަދަ ބޮޑު ފިތުނައެއް ޕާޓީ ތެރޭގައި ރައީސް ނަޝީދު އުފެއްދެވުމުގެ ބޭނުންފުޅަކީ ކޮބައި ތޯ މިއީ އުފެދޭ ސުވާލެކެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަކީ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ނަޝީދަށް ކުރިމަތި ލެއްވުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ނެތް އިންތިޚާބެކެވެ. ނަމަވެސް އެންމެ ފަހު ވަގުތާ ހަމަޔަށް ވެސް އެމަނިކުފާނު އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ގެންދެވި އެވެ.
ރައީސް އިބުރާހިމް މުހައްމަދު ސާލިހަށް ވެރިކަން ލިބި ވަޑައިގެންނެވީ ނަޝީދަށް ކުރިމަތިލެވެން އޮތް ހުރިހާ މަގެއް ބަނދު ވުމުންނެވެ. އެހެންކަމުން ރައީސްކަމުގެ ގޮނޑިއަކީ އެމަނިކުފަނުގެ ގޮނޑިއެއްކަމުގައި ރައީސް ނަޝީދު ދެކެވަޑައި ގަންނަވާ ފަދަ ގޮތަކަށް އެމަނިކުފާނު ގެންދަވަނީ އަމަލު ކުރައްވަމުންނެވެ.
ރިޔާސީ އިންތިޚާބު ކައިރި ވަމުން އަންނަ އިރު އަދިވެސް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް އޮތް ކަމުގެ ޔަގީން ކަމެއް ރައީސް ނަޝީދަކަށް ލިބިވަޑައި ނުގަންނަވަ އެވެ. ކުރިޔަށް އޮތް އިންތިޚާބުގައި ވާދަ ކުރެއްވުމާ ނުކުރެއްވުމާ މެދު ރައީސް ސާލިހުވެސް ވަކި އެއްޗެކެ ވިދާޅެއް ނުވެ އެވެ. އެހެންކަމުން ސަރުކާރުގެ ތަސައްވުރު ކިލަނބުކޮށްލައި، ސަރުކާރަށް ކަމެއް ނުވާ ކަން ދެކުމަކީ ރިޔާސީ ޓިކެޓަށް ނަޝީދަށް އޮތް އެންމެ ފަހި މަގު ކަމުގައި ފެނެ އެވެ.
ރިޔާސީ ޓިކެޓުގެ ކުރިމަތީގައި ލޯކަލް ކައުންސިލް އިންތިޚާބަކީ މާކަ މުހިންމު އިންތިޚާބެއްކަމުގައި ރައީސް ނަޝީދަށް ނުވެދާނެ އެވެ. ސަބަބަކީ ސަރުކާރު ބޮއްސުން ލައި ކައުންސިލް އިންތިޚާބުން ބަލި ވުމުން ޕާޓިގެ ހައްގުގައި އެމްޑީޕީގެ މެމްބަރުން އެކަތިގަނޑަކަށްވެ ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ ނުވުމަށް ވުރެ ވުން ގާތް ކަމެކެވެ. އެހެންކަމުން މިފަހަރު މިބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ހަގީގަތުގައި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ސުވާލަކީ ބަލިވީ ކާކު ހެއްޔެވެ.
ޢަބުދުﷲ ރަސީދުގެ ވާހަކަ.100
ސަރުކާރު ބަލިވީ ގިނަ ސަބަބުތަކެއް މެދުވެރިވެގެން. އެކަން އެގޮތަށް މިންވަރު ކުރެއްވީ ﷲ ގެ ކުޅަދުންވަންތަ ކަމުން. އިންސާނުންނަށް ވަރަށް ފަސޭހައިން އޮޅޭނެ. ތިމަންނަމެންނަކީ އެއްވެސް އާރެއް ބާރެއް ނެތް ބަޔަކު ކަން ހަނދާން ނެތޭނެ. އެކަން އިންސާނާއަށް އެކި ގޮތްގޮތަށް ދައްކަވާ. ނަމަވެސް އެވަރު ފަހުމު ނުކުރެވޭ ބައަކަށްވުމުން ހީވަނީ ތިމަންނާއަށް ހުރިހާ ކަމެއް ކުރެވިދާނެހެން. ހަމަ ހިލާ ނުވާނެ. ތިމާއަށް ތިމާ މާމޮޅު މީހެއް ކަމެއް ހީވެދާނެ. އެކަމަކު އާޚިރުގައި ނިމިގެންދާނީ ހަމަ ސުމަކުން.
ބަލިވީ ކެނެރީގޭ ޢިއްޒަތްތެރި ގަންޖާބޯ