ކުރީގެެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފެށި ގެދޮރިވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބި، ގުރުއަތުނުލާ މީހުންގެ މެދުގައި ގުރުއަތުލުން މާދަމާ ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މާދަމާ ގުރުއަތުލުން ބާއްވަނީ، 16 ނޮވެމްބަރު 2023ގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި ނުހިމެނޭ މީހުންނަށް ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފްލެޓް ލިބުމަށް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގާ މީހުންނާއި 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ، ތިން ކޮޓަރީގެ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ މީހުންނެވެ.
ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި ދެމަފިރިންގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލުމަށް ފަހު ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައި ނުވާ މީހުންގުރުއަތު ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މާދަމާ މެންދުރު 3:00 އިން ފެށިގެން ހައުސިން މިނިސްޓްރީގައި ގުރުއަތުލުން ކުރިއަށް ގެންދާ މަންޒަރު ދައުލަތުގެ މީޑީއާ، ޕީއެސްއެމް އާއި މިނިސްޓްރީގެ ޝޯޝަލް މީޑީއާ ޕްލެޓްފޯމުތަކުން ލައިވް ކުރާނެ ކަމަށް ވެސް އިއުލާންގައިވެ އެވެ.
.ހައުސިން މިނިސްޓްރީން ބުނީ ގުރުއަތު ނެގުމުން ލިބޭ ފްލެޓް ނަންބަރު ގެދޮރުވެރިޔާ ޕޯޓަލްގައި އަޕްޑޭޓް ކުރާނެ ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
 އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
			އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
		 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					