މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާއެކު އިތުރު ދަރިން ހޯދަން ބޭނުންވާ ކަމަށް އޭނާގެ އަންހެނުން ހެއިލީ ބީބާ ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު އާއްމުކުރި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ހެއިލީ ވަނީ އޭނާގެ އާއިލީ ރޭވުންތަކުގެ ވިސްނުން ހިއްސާ ކޮށްފަ އެވެ.
ހެއިލީ ބުނީ އޭނާ އިތުރު ދަރިން ބޭނުންވި ނަމަވެސް އަވަސް އަރުވާލައިގެން ނޫޅޭ ކަމަށާއި ވަގުތު ޖެހުމުން ކޮންމެ ކަމެއްވެސް ވާނެ ކަމަށެވެ.
ހެއިލީ ބްނީ މައަކަށް ވުމުގެ ތަޖުރިބާއަކީ ތަފާތު ތަޖުރިބާއެއް ކަމަށާއި ކޮންމެ ދުވަހަކީ ވެސް މުޅިން އާ ކަންތައްތަކެއް ދަސްވާ މަޖާ ދުވަހެއް ކަމަށެވެ.
"އެންމެ ކުޑައިރުއްސުރެ ފެށިގެން ވެސް މަންމައަކަށް ވާން ބޭނުންވާ ކަން އެނގޭ. މަންމައަކަށް ވުމަކީ އަހަރެން ވަރަށް ލޯބިކުރާ ކަމެއް." ހެއިލީ ބުންޏެވެ.
2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކައިވެނިކުރި ޖަސްޓިންއާއި ހެއިލީއަށް އެމީހުންގެ އަލަތު ދަރިފުޅު ޖެކް ބްލޫސް ލިބުނުކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
"މުއިއްޒު ބޭނުންނުވާ އެއްވެސް ކަމެއް ޕީއެންސީގައި ނުހިނގާނެ"
ދުވާލަކު 35 ބޭސް ކާ ކަމަށް ކިމް ބުނުމުން މާހިރުން އިންޒާރު ދީފި