ޖޭއެސްސީގެ މެންބަރުކަމުން ކ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ކުއްލި ގޮތަކަށް މިއަދު އިސްތިއުފާދެއްވައިފި އެވެ.
ޖޭއެސްސީގެ ރައީސްގެ ގޮތުގައި ހުންނެވީ ވެސް ރިޒާ އެވެ. ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމުން އިސްތިއުފާދެއްވުމުން ރައީސް ކަމުގެ މަގާމު ވެސް ހުސްވީ އެވެ.
އިސްތިއުފާގެ ސިޓީ ރިޒާ ޖޭއެސްސީއަށް ފޮނުވާފައިވާކަން "ހުރިހާ"އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން އެ ކޮމިޝަނުން ވަކި އެއްޗެއް އަދި ނުބުނެ އެވެ.
އޭނާ މަގާމުން އިސްތިއުފާދެއްވުމުން، ކްރިމިނަލް ކޯޓަށް އަލަށް ނެގި ދެ ފަނޑިޔާރުން ހުވާކުރުމަށް މިރޭ ބާއްވަން ހަމަޖެހިފައި އޮތް ރަސްމިއްޔާތު ވެސް ވަނީ ފަސްކޮށްފަ އެވެ. އެކަމާ ރިޒާ އިސްތިއުފާ ދެއްވުމާ ގުޅުމެެއް އޮތް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
އޭގެ އިތުރުން ރިޒާ އާއި ސުޕްރީމް ކޯޓާ ދެމެދު ވެސް ނުތަނަވަސްކަމެއް އުފެދިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
ބަހަނާ ދައްކައި ސަނީ އުމަރުގެ މައްސަލަ ކޯޓުން ކެންސަލް ކުރަނީ
އުމުރާއެކު ފިރިހެނުންގެ ދިރިއުޅުމަށް ވެސް ބަދަލު ގެންނަން ޖެހޭ!
މަޝްހޫރު ފިލްމު "3 އިޑިއަޓްސް"ގެ ސީކުއަލްއެއް އަންނަނީ؟