މި އަހަރުގެ ސެޕްޓެންބަރު މަހު ޗައިނާއާ އެކު ސޮއިކުރި 11 އެމްއޯޔޫއާ ގުޅޭ މައުލޫމާތު ހާމަނުކުރަން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ބަހަނާ ދައްކައިފި އެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާބެހޭ 11 އެމްއޯޔޫގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި މިދިޔަ ސެޕްޓެންބަރު ދެވަނަ ދުވު އެވެ.
އެ އެމްއޯޔޫތަކުގެ ކޮޕީ ހޯދުމަށް މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ވަނީ އެދިވަޑައިގެންފަ އެވެ. ފޮރިން މިނިސްޓަރު ހަލީލް މިއަދު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވީ، އެ އެމްއޯޔޫތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އިތުރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި، އެއްބަސްވުމަކަށް ވާސިލުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް މި ކަމާ ބެހޭ މައުލޫމާތު ކަމާ ގުޅޭ ފަރާތްތަކާ ހިއްސާކުރާނެ ވާހަކަ ދެންނެވީމެވެ،" ހަލީލްގެ ޖަވާބުގައިވެ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާއާ އެކު މިދިޔަ ސަރުކާރުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްބަސްވުންތަކެއް ގާއިމްކޮށްފައިވާ ކަމަށް ތުހުމަތު ކުރެއްވުމަށްފަހު އެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އެފަދަ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް ހުސްނީ އައްޔަންކޮށްފި
މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
އައްނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ހުށަހަޅަނީ
