މަޝްހޫރު އެކްޓަރު ވިކީ ކައުޝަލްއާއި ކެޓްރީނާ ކައިފްއަކީ ބޮލީވުޑްގެ ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ މީހުންގެ ލޯބި ލިބިފައިވާ އެއް ޖޯޑެވެ.
މީގެ ކުރިން އިންޑިއާގެ މީޑިއާއަފށް ދިން އިންޓަވިއުއެއްގައި ވިކީ ވަނީ އޭނާގެ ކައިވެނީގެ ހަޔާތާ ބެހޭ ގޮތުން ވާހަކަ ދައްކައި ޒަވާޖީ ހަޔާތުގެ ތަޖުރިބާ ހިއްސާ ކޮށްފަ އެވެ.
އެގޮތުން ކައިވެނީގެ ހަފްލާތައް ކުރިއަށް ދިޔަ ދުވަސްތަކަކީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ކަމަށާއި އެއީ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ހަނދާންތަކެއް ކަމަށް އޭނާ ބުންޏެވެ.
ކައިވެނީގެ ހަޔާތާ ބެހޭ ގޮތުން ވިކީ ބުނީ ކެޓްރީނާއަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ކަމަށާއި އޭނާގެ އުފާތަކާއި ހިތާމަތައް އެންމެ ފުރަތަމަ އެނގޭނެ މީހަކީ ކެޓްރީނާ ކަމަށެވެ.
ވިކީއާއި ކެޓްރީނާގެ ކައިވެނީގެ ކުރިން އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް މީޑިއާގައި ދެކެވުނު ނަމަވެސް އެކަން އެއްވެސް މީހަކު ޔަގީން ކޮށްދީފައެއް ނުވެ އެވެ.
އެ ދެތަރިންގެ ގުޅުން ފުރަތަމަ ފަހަރަށް އާއްމުކުރީ 2021 ވަނަ އަހަރު ސޯޝަލް މީޑިއާއަށް ދޫކޮށްލި އެ މީހުންގެ ކައިވެނީގެ ފޮޓޯތަކުންނެވެ.
މި ފަހުން އެ ދެމީހުންނަށް އެމީހުންގެ އަލަތު ދަރިފުޅު ވެސް ލިބިފައިވެ އެވެ. މިމަހުގެ ކުރީކޮޅު ކެޓްރީނާ ވިހާފައިވަނީ ފިރިހެން ކުއްޖެކެވެ.
ޕްލާންޓުން ދޫކުރާ ފެނުގެ ރައްކާތެރިކަން ޔަގީނެއް ނޫން
ސަލްމާން ނޫނެކޭ ބުނި ގިނަ ފިލްމުތައް ޝާހްރުކް ޚާންއަށް!
މެސީ ރޮނާލްޑޯގެ ރެކޯޑެއް ވަގަށް ނަގައިފި