ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހާސިލުކޮށް، އެ ކުންފުންޏަކީ މުވައްޒަފުންގެ ތަޖުރިބާއާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އަދި ހުރިހާ މުވައްޒަފުން ޝާމިލުވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން ސާބިތުކޮށްދީފި އެވެ.
ގްރޭޓް ޕްލޭސް ޓު ވޯކް ސެޓިފިކޭޝަންއަކީ މުވައްޒަފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދޭ ސެޓިފިކޭޝަނެކެވެ. މި ސެޓިފިކޭޝަނަކީ "ޓްރަސްޓް އިންޑެކްސް ސާވޭ" ގެ ޒަރިއްޔާއިން މުވަޒަފުންގެ ފަރާތުން އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދޭ ސެޓިފިކޭޝަނެކެވެ. މި ގޮތުން، މި ސަރވޭ މެދުވެރިކޮށް މުވަޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި، އިހްތިރާމާއި، ކުންފުންޏާމެދު ފަހުރުވެރިވާ މިންވަރު އަދި ކުންފުނީގައި މުވައްޒަފުންގެ ތަޖުރިބާ ހުރި ގޮތް މިން ކުރެވިގެންދެ އެވެ.
"ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަންއާއެކު ދިރާގު ވެގެންގޮސްފައި މި ވަނީ ދިވެހިރާއްޖޭގައި ވެސް މި ސެޓިފިކޭޝަން ހާސިލުކޮށްފައިވާ މަދު ކުންފުންނިތަކުގެ ތެރޭގައެވެ. އަދި، އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ތެރެއިން ވެސް މި ސެޓިފިކޭޝަން ހާސިލުކޮށްފައިވާ މަދު ކުންފުންނިތަކުގެ ތެރޭގަ އެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް ދިރާގުގެ މުވައްޒަފުންނަށް ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގަށް "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކެޓް ހާސިލްކުރުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
"މި ކަމުން ޔަގީންކޮށްދެނީ ދިރާގުގައި މުވައްޒަފުންނަށް ފަހި މަސައްކަތުގެ މާހައުލެއްއޮތްކަމާއި، މުވައްޒަފުންގެ އިހްސާސްތައް އަޑުއަހާ މުވައްޒަފުން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަކަން. އަދި، މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުޖުތަމައުއަށް އެންމެ ފުރިހަމައަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުން ބާރުވެރިކުރުމަށް ދިރާގުންދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް. މި ސެޓިފިކޭޝަނުން ދިރާގަކީ ހަމައެކަނި ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އިތުރުން، މީހުން ބިނާކުރުމުގައި ވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަން މި ވަނީ ސާބިތުކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.
މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރ، އަޒްހާ ޒަމީރު ވިދާޅުވީ މި ސެޓްފިކޭޝަނަކީ އެންމެން އެކުގައި މަސައްކަތްކޮށްގެން ބިނާކޮށްފައިވާ މަސައްކަތުގެ ސަގާފަތުގެ އެހީގައި ހޯދައިފައިވާ ކާމިޔާބީއެއް ކަމަށެވެ.
"މި ގޮތުން، ދިރާގަކީ މަސައްކަތުގެ ފުރިހަމަކަމުގެ މައްޗަށް ކުރިއެރުން ލިބޭ، ކުރިއެރުމަށް ހިތްވަރުދޭ، އެކަކު އަނެކަކުގެ ދުޅަހެޔަކަމަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއް. އެހެންކަމުން، މި ކާމިޔާބީ ހާސިލުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް، އަދި އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް އެންމެން އެކުގައި މަސައްކަތްކޮށްގެން، އެންމެން ޝާމިލުކޮށްގެން، މުވައްޒަފުން ކުރިއެރުމަށް އިތުރު މަގުތައް ތަނަވަސްކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން." އޭނާ ވިދާޅުވި އެވެ.
ދިރާގުން ދަނީ އެ ކުންފުނީގެ މުވަޒައްފުންގެ ކުރިއެރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުންނަށް އެކި ގޮތްގޮތުން ފައިދާތައް ފޯރުކޮށްދެމުންނެވެ.
99.9% ދިވެހިންގެ މައްޗަށް އެކުލެވިގެންވާ މުވައްޒަފުންގެ ޓީމެއް މަސައްކަތްކުރާ އެ ކުންފުންޏަކީ މަސައްކަތުގެ މައިދާނުގައި ދިވެހީންގެ ކުރިއެރުވުމަށް އިސްކަންދޭ، ލީޑާޝިޕް ޑިވެލޮޕްމަންޓް އަދި ވޯކް-ލައިފް ބެލެންސް އަށް އިސްކަންދީގެން އެކަކު އަނެކަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭ ސަގާފަތެއް އޮތް މަސައްކަތުގެ މާހައުލެއް ދެމެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކުންފުންޏެކެވެ.
ފުވައްމުލަކަށް ދޫކޮށްފައިވާ ފެން ރައްކާތެރި: ސިޓީ ކައުންސިލް
ދައުލަތުގެ ހަރަދު 40 ޕަސެންޓް ކުޑަކުރަން ޖެހޭ: ސިޔާމް
އޮކްޓޯބަރު3 ގެ މުޒާރާގެ ހައްޔަރީންނަށް ދައުވާ ނުކުރަން ނިންމައިފި
