ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޓްރީ ޓޮޕް ހޮސްޕިޓަލުން ފިރިހެނުންގެ ސިއްހަތަށް ހާއްސަކޮށްގެން 'ވެލް މޭލް ޕެކޭޖް' އަށް 20 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.

މި ޕްރޮމޯޝަންގެ މަގްސަދަކީ ފިރިހެނުންގެ ސިއްހަތު ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތައް ފަސޭހަކޮށް، އަގުހެޔޮކޮށްދިނުމެވެ.

މި ޕްރޮމޯޝަން ކުރިއަށްދަނީ މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕެކޭޖްގެ އަސްލު އަގު ކަމަށްވާ 5,900.00 ރުފިޔާ އަށް 20 އިންސައްތައިގެ ޑިސްކައުންޓް ލިބުމުން، ޕްރޮމޯޝަންގެ ތެރޭގައި މި ޕެކޭޖް ލިބޭނީ 4,720.00 ރުފިޔާ އަށެވެ. މި ހިދުމަތް ލިބިގަތުމުގެ ފުރުސަތު 18 އަހަރުން މަތީގެ ހުރިހާ ފިރިހެނުންނަށް ވަނީ ހުޅުވާލާފަ އެވެ.

ވެލް މޭލް ޕެކޭޖްގައި ހިމެނޭ ކަންތައްތައް

މި ޕެކޭޖްގެ ތެރޭގައި ކްލިނިކަލް "އެގްޒިމިނޭޝަން" ދިނުމުގެ ތެރޭގައި މެޑިކަލް ހިސްޓްރީ ތަފްސީލުކޮށް ބެލުމާއި، ހަށިގަނޑު ބެލުން، ބީއެމްއައި ކަނޑައެޅުން، ލޭގެ ޕްރެޝަރު ބެލުން އަދި ލޮލުގެ ފެނުން ބެލުން ހިމެނެ އެވެ. ހަމައެއާއެކު، ރޭޑިއޮލޮޖީ އަދި އިމޭޖިން ގެ ބައިގެ ދަށުން މޭގެ އެކްސް-ރޭ، އީސީޖީ (އިލެކްޓްރޯކާޑިއޯގްރާމް) އަދި މުޅި ބަނޑުގެ އަލްޓްރާސައުންޑް ހިމެނެ އެވެ.

މީގެ އިތުރުން ކްލިނިކަލް ޑައިޓީޝަނަކާ އެކު "ނިއުޓްރިޝަނަލް" ސްކްރީނިންގްވެސް އެކުލެވިގެންވެ އެވެ. މެޓަބޮލިކް ސިއްހަތު، ފުރަމޭ، ކުޑަކަމުދާ ނިޒާމު، ޕްރޮސްޓޭޓް އަދި މުޅި ހަށިގަނޑުގެ ސިއްހަތުގެ މުހިންމު މައުލޫމާތު ދޭނެ "ކޮމްޕްރިހެންސިވް"' ލެބޯޓްރީ ޓެސްޓްތަކެއް މި ޕެކޭޖްގައި ހިމެނެ އެވެ. މި ހުރިހާ ނަތީޖާއެއް މެޑިކަލް ޑޮކްޓަރަކާ އެކު ފައިނަލް ކޮންސަލްޓޭޝަނެއްގައި ރިވިއުކުރުން ވެސް ހިމެނެއެވެ. މި ޕްރޮމޯޝަންގެ ފައިދާ ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހައްދަވައިގެން ޚިދުމަތް ހޯއްދެވުމަށް އެދެމެވެ. މިއީ ފިރިހެނުންގެ ސިއްހަތަށް އިސްކަންދީ، ބަލިތަކުން ރައްކާތެރިވުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު،ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.