މާލޭގައި ކުޑަ ދެ ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވުނު ސިފައިންގެ މީހަކު ސަސްޕެންޑްކޮށްފި އެވެ.
އޭނާ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައި ވަނީ މިއަދު އެވެ.
ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް އާދީއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފަ އެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ ރައްޓެހިވެގެން އުޅޭ ފިރިހެނަކު އަންހެން މީހާގެ ދަރިން ގްރޫމްކޮށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަން ފެށި މައުލޫމާތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި އެ ކުދިންގެ މަންމަގެ ބައިވެރިވުން ވެސް އޮތް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ސިފައިންގެއަށް ފާޑުކިޔުން އަމާޒުވުމުން އެ މީހާ ސަސްޕެންޑް ކުރި ނަމަވެސް، މިހާތަނަށް އޭނާ ހައްޔަރުކޮށްފައި ނުވާކަން ވަނީ އެނގިފަ އެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިން ރާއްޖޭގައި އިތުރުވަމުން ދާއިރު، ކަމާ ގުޅުންހުރި އިދާރާތަކުން މިފަދަ ސީރިއަސް މައްސަލަތަކުގައި އެދެވޭ ފިޔަވަޅު ނާޅާކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި
"ބޯޑާ 2"ގެ ކާމިޔާބަށްފަހު ވަރުން އެކްޓިންއިން ބްރޭކެއް ނަގަނީ؟
ދީނަށް ފުރައްސާރަ ކުރި އާމިރު ތަހުގީގަށް ހާޒިރެއް ނުވި