ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ޓޫރިސްޓް ރިސޯޓުތައް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މި ފަޅުތަކުގައި ޓޫރިސްޓް ރިސޯޓުތައް ތަރައްގީކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށެވެ.
ރާއްޖޭގައި ފަތުރުވެރިކަން މިހާތަނަށް ތަރައްގީނުވެ އޮތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ 3 އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެ އެވެ.
އުތުރުގައި ފަތުރުވެރިކަން އިތުރަށް ތަރައްްގީކުރުމުގެ މަގްސަދުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފަ އެވެ.
ޓޫރިސްޓް ރިސޯޓުތައް ތަަރައްގީކުރުމަށް ހުޅުވާލާފައިވާ ފަޅުތަކަކީ ހއ. ކެލާގެ 2 ފަޅާއި ހއ. މާދުނީގެ 3 ފަރާއި ހދ. މަކުނުދޫގެ 2 ފަރާއި ހދ. މާފަރުގެ 3 ފަރުގެ އިތުރުން ށ. ގޮނާގެ 3 ފަރެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި ފަޅުތަކުން ބިން ހިއްކައިގެން ރިސޯޓުތައް ތަރައްގީކުރެވޭނެ ކަމަށާއި އެގޮތުން ކެލާ ފަޅު (ކެލާ ފަޅު 1: 156.2 ހެކްޓަރު / ކެލާ ފަޅު 2: 169.3 ހެކްޓަރު ) ފިޔަވައި އެހެން ހުރިހާ ފަޅެއްގައި 200 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓްތައް ތަރައްޤީކުރެވޭނެ ކަމަށެވެ. އަދި ތަރައްޤީކުރެވޭ ރިސޯޓުގައި މަދުވެގެން 150 އެނދު ހުންނަން ޖެހޭނެކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ.
މީގެ އިތުރުން، މި ފަޅުތައް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބިން ދޫކުރެވޭތާ 35 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަންޖެހޭނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި ފަޅުތައް ފަތުރުވެރިކަމަށް ދޫކުރާނީ ވަރަށް ގިނަ ލުއިތަކާއެކު ކަމަަށާއި އެގޮތުން ރިސޯޓު ތަރައްގީކުރުމަށް ގެންނަ ތަކެތީގެ ކެޕިޓަލް އިންވެސްޓްމަންޓްގެ 15 ޕަސެންޓާ ހަމައަށް ޑިއުޓީ މަޢާފްކޮށްދިނުމުގެ އިތުރުން، ރިސޯޓު ތަރައްގީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސްސަސްއާއި އިލެކްޓްރޯނިކް އަދި އެހެނިހެން ސާމާނުން ޑިއުޓީ މަޢާފު ދޭ ކެޓެގަރީއަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެ ވުޒާރާއިން ބުނެ އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫއާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ. އަދި 23 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އާއި ދެމެދު އެ ވުޒާރާ ރިސެޕްޝަނުން ބީލަން ފޮތް ލިބޭނެކަމަށް ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި ފަޅުތަކުގައި ރިސޯޓުތައް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ވާރޗުއަލް ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ފުރަތަމަ ބައްދަލުވުން ޑިސެމްބަރު މަހުގެ 9ވަނަ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބައްދަލުވުން އޮންނާނީ މިއަންނަ ޖަނަވަރީ މަހުގެ 6ވަަނަ ދުވަހު އެވެ.
ރަހީނުކޮށް އަންހެނަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި
ޖަލްސާއަށް ދައުލަތުގެ ވަސީލަތް ބޭނުންކުރި މައްސަލަ އޭސީސީއަށް
ތިމާވެށި ހަލާކު ކުރާ ސަރުކާރު!!!
ރިޕްލައި